Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 13:02
ޤާސިމް އަބްދުލްކަރީމް
ޤާސިމް އަބްދުލްކަރީމް
ސޯޝަލް މީޑިއާ
ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރުން
އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއަރުވާލި ގާސިމަށް ޗެއަރމަންކަން
އިތުރު ދެ ކުންފުންޏަކަށް ވެސް ޑިރެކްޓަރުން ވަނީ އައްޔަންކޮށްފައި

އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމަށް މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއަރމަންގެ މަޤާމު ދީފިއެވެ.

ގާސިމަކީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ. އޭނާ ވަނީ ވިސްލް ބްލޯވިންގ އުސޫލުތަކާއި ޚިލާފަށް ކަސްޓަމަރެއްގެ މައުލޫމާތު އާންމުކުރި ކަމުގެ ކުށުގައި 8 މަހާއި 12 ދުވަހުގެ ޖަލުހުކުމެއް ވެސް ތަންފީޒުކޮށްފައެވެ.

Advertisement

މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މަގުސަދުގައި އުފައްދަވާފައިވާ ސެންޓަރެކެވެ.

ގާސިމްގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ކުންފުނިތަކުގެ ބޯޑުތަކަށް ވަނީ އިތުރު ދެ މެމްބަރުން އައްޔަންކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުގެ މަޤާމަށް މަރިޔަމް ރަޝީދު ހަމަޖައްސާފައިވާއިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުގެ މަޤާމަށް ޖާދުﷲ ނާޒިމް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް