Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 23:44
ލީނާގެ ޕޯސްޓަރެއް
ލީނާގެ ޕޯސްޓަރެއް
ފޭސްބުކް
ލީނާ
ދިިވެހި ފިލްމު "ލީނާ" ލީކްވެއްޖެ
ލީނާ ލީކްކޮށްލިކަން ޑައިރެކްޓަރަށް ވެސް ނޭންގޭ
ލީނާ ވަނީ ޔޫޓިއުބްގައި ލީކްކޮށްލާފަ

މިއަހަރުގެ ޖުލައި މަހު 23 ގައި ރިލީޒްކުރި ދިވެހި ފިލްމު "ލީނާ" ލީކްވެއްޖެއެވެ.

އެ ފިލްމު ވަނީ މިދިޔަ ހޮނިހިރު ދުވަހު ޔޫޓިއުބްގައި އާންމުކޮށްފައެވެ. މިހާތަނަށް ގިނަ އަދަދެއްގހެ ބަޔަކު ވަނީ އެ ފިލްމު ޔޫޓިއުބުން ބަލާފައެވެ.

ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް ބުނީ، ފިލްމު ޔޫޓިއުބްގައި ލީކްކޮށްލި ކަން ކުރިން ނޭންގޭ ކަމަށާއި ލީކް ކޮށްލި ފަރާތެއް ވެސް ނޭންގޭ ކަމަށެވެ.

Advertisement

"ލީނާ"ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ދައްކާފައެވެ.

މީގެ އަށާރަވަރަކަށް އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނައެއް ތެރޭގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލި އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހެދި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އެވެ. އައްޒަ އެ ފިލްމުގައި ލީނާގެ ރޯލުން ފެނުނު އިރު ގާތިލްގެ ރީލުން ފެނިގެންދިޔައީ މުއާޒްއެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ އެ ފިލްމުން ނުޒުހަތު ޝުއައިބް އާއި އަހުމަދު ސައީދު އަދި ޒީނަތު އައްބާސްގެ އިތުރުން އަހުމަދު އީސަ އަދި މަރިޔަމް ހަލީމް ފަދަ ތަރިންގެ އެކްޓިން ފެނިގެންދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 05:03
ާއުރުދުއާން
ޔަގީން އަށް ބުނަން ކެރޭ ތިޔަ ލީނާ ލީކު ކޮށްލީ މުއާ! ސަބަބަކީ ފިލްމު ހިނގަން ވާވަރަށް ނުހިނގުން
16 އޮކްޓޯބަރ 2019 | ބުދަ 05:03
ާއުރުދުއާން
ޔަގީން އަށް ބުނަން ކެރޭ ތިޔަ ލީނާ ލީކު ކޮށްލީ މުއާ! ސަބަބަކީ ފިލްމު ހިނގަން ވާވަރަށް ނުހިނގުން