Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 23:44
ނޫސްވެރިޔާ ސަމާހް
ނޫސްވެރިޔާ ސަމާހް
ފޭސްބުކް
ޗެނަލް ތޭރަ
ޖިންސީފުރައްސާރަ ކުރި މައްސަލައެއްގައި ޗެނަލް 13ގެ ނޫސްވެރިއެއް ޕޮލިސް މީޑިއާ ގުރޫޕަކުން ބޭރުކޮށްފި
އޭނާ ބޭރުކުރީ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކަމަށް ޓްވީޓްގައިވޭ
ސަމާހް އަކީ ތޭރައިގެ ސިޔާސީ ހަބަރުތައް ގިނައިން ގެނެސްދޭ ނޫސްވެރިއެއް

ޖިންސީފުރައްސާރަ ކުރި މައްސަލަ އެއްގައި ޗެނަލް ތޭރައިގެ ނޫސްވެރިއެއް ޕޮލިސް ވަޓްސްއެޕް މީޑިއާ ގުރޫޕުން ބޭރުކޮށްފިއެވެ.

ޕޮލިސް ވަޓްސްއަޕް މީޑިއާ ގުރޫޕުން ބޭރުކޮށްފައިވަނީ ނޫސްވެރިޔާ ސަމާހް މުހައްމަދު އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕޮލިސް ވަޓްސްއެޕް ގުރޫޕުން ސަމާހް ބޭރުކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެއްގައި ކަމަށެވެ.

Advertisement

އޭނާ ބޭރުކުރުމުގެ ކުރިން ޗެނަލް 13ގެ އިސް ބޭފުޅުންނަށް ވެސް ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ހާޒިރުވެފައި ނުވާތީ ބައްދަލުވާނެ ގޮތެއް ނުވެފައިވާ ކަމަށް ވެސް އިޒްމިޔާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ސަމާހް އަކީ ޗެނަލް 13ގައި މަޝްހޫރު މޫނެކެވެ. ސިޔާސީ ހަބަރުތައް ގިނައި ގެނެސްދޭ ސަމާހު ވަނީ މީގެ ކުރިން ސަން އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
17 އޮކްޓޯބަރ 2019 | ބުރާސްފަތި 00:01
ޖފހ
ތީ ފިތުނަ ފަސާދަ އުފައްދާނޭ ގޮތެއް ނެތިގެން ދައްކާ ވާހަކަ.
16 އޮކްޓޯބަރ 2019 | ބުދަ 21:02
ދަންނަމީހާ
މީނަ މީ ވަރަށް އެކަހަލަ މީހެއް. މަގުމަތިން ދާ އަންހެންކުދިންނާވެސް ވަރަށް ފޮށޭ. މިކަހަލަ ކަން ކަމުގަ އަރާހުރި މީހެއްމީ
16 އޮކްޓޯބަރ 2019 | ބުދަ 20:04
ނުޖަހާލުއި
މިކަލޭގެ އަލިފުށީގަ މާބޮޑަށްވެސް މަޝްހޫރުވެފައި އޮންނަނީ ފިއްތި ސަމާހުގެ ގޮތުގައި.. މިހާރު މާ ޗެނަލް13 ވެފަ އުޅޭ ބޯއީއެއް މީ