Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 16:57
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވި، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވި، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި ފުރުޞަތު ހުޅުވާލައިފައި ވަނީ މިއަދުން (ހޯމަ ދުވަހުން) ފެށިގެން 20 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލަިއފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ފުރުޞަތު ހުޅުވާލައިފައި ވަނީ މިއަދުން (ހޯމަ ދުވަހުން) ފެށިގެން 20 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުއްވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީކަމަށް އެ އޮފީހުން ބުންޏެވެ.

Advertisement

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވާފައިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަދި އެ ކޮމިޝަންގެ ރައީސްކަން ދެ ދައުރެއްގެ މަތިން ކުރައްވާފައިވާ މުހައްމަދު ޝަހީބް އެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމެޓީން ނިންމާ، މަޖިލީހުގެ ތަޅުމަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، 56 މެމްބަރުންގެ ވޯޓާއިއެކުއެވެ. ޒައިނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 1 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް