Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 16:19
މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި
މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އެއީ 66 އަހަރުގެ ފިރިހެނެއް
މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.67 ކިލޯއަރާ

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ 01 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މިމީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނޭގެ ލަގެޖްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 4.67 ކިލޯއަށް އަރާއިރު މިތަކެތީގެ އަގު 16،327،913.00 ( ސޯޅަ މިލިއަން ތިންލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތޭރަ) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Advertisement

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ މިމައްސަލާގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
15 އޮކްޓޯބަރ 2019 | އަންގާރަ 02:06
ކެނަބިސް
ކެނަބިސް އަކީ ބޭހެއް، ދުޅަހެޔޮކަމަށް https://youtu.be/PRLYV0_6zY8