ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފިއެވެ.
ހޯމަ ދުވަހު ބޭއްވި 36 ވަނަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ އެޗްއާރްސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެލުމަށްފަހު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާ މައްސަލައެއް ކަމަށެވެ.
އެމައްސަލަ އެގޮތަށް އޮއްވާ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރެވުމުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ.
އެގޮތުން ކޮމެޓީން ބަލަންފަށާއިވާ މިމައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ރަސްމީ ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ.
މެމްބަރު ޖީހާން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަށް މޫސާ އަލީކަލޭފާނު އައްޔަނު ކުރެވުނު އިރުވެސް އޭނާގެ މައްޗަށް 24 މިލިއަން ރުފިޔާގެ މަކަރާއި ހީލަތާއި އޮޅުވާލި ކަމުގެ މައްސަލައިގެ ތުހުމަތު ކުރެވެއެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލަށް ދައުވާ ކުރުމަށް 2013 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ފޮނުވާފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. މި ތުހުމަތު އޭނާގެ މައްޗަށް ސާބިތު ވެފައި ނުވަނީ ޖިނާއީ އިޖުރަޢާތުގެ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން، ވަކި ތާރީޚެއްގެ ކުރިން ހިނގާފައިވާ މައްސަލަތައް ނުބެލޭނެ ކަމަށް ވުމާއެކުއެވެ.
ކޮމެޓީގެ ގިނަ ބޭފުޅުން ވޯޓު ދެއްވީ އިންޓަގްރިޓީއާ 24 މިލިއަން ރުފިޔާއަށް ގެއްލުން ދައުލަތަށް މިތުހުމަތު ކުރެވޭ މައްސަލާގައި ކުރިއަށް ގެންދެވިފައިނުވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އައި ބަދަލަކާ ގުޅިގެން އެގާނޫނުގެ 95 ވަނަ މާއްދާގެ ދަށުން ވަކި ތާރީހެއް ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރިން ހިންގާފައިވާ މައްސަލަތައް ކުރިއަށް ގެންދެވެންނެތުމުން އެމައްސަލަ ކުރިއަށް ނުގެންދެވިވާތީ އަދި މިމައްސަލާގައި ދައުލަތަށް ލިބެންޖެހޭ ކަމަށް ފާހަގަކުރެވޭ ފައިސާ އަބުރާ ހޯދުމަށް އެޓާނީ ޖެނަރަލް އޮފީހަށް ހުށަހެޅުމަށް ހުށަހަޅަންޖެހޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެކޭ ކަމަށް ކޮމެޓީއަށް ހިއްސާކޮށްފައިވާތީ އެމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް.މެމްބަރު ޖީހާން ވިދާޅުވި
މެމްބަރު ޖީހާން ވިދާޅުވީ މޫސާ އަލީ ކަލޭފާނުގެ މާގާމުން ވަކިކުރުމުގެ މައްސަލަ ބަލައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ލަފާފުޅު ދެއްވާފައިވާ ކަމަށެވެ.