Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 11:06
މީރާ
މީރާ
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް 2019
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އާއި ނާޝިދުގެ ނަން އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފި
ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ވަނީ ފޮނުވާފަ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަނުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ފޮނުވައިފިއެވެ.

އެ މަގާމުތަކަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ފަރާތްތަކުގެ ނަންތައް ހިމެނޭ ސިޓީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެސިސްޓަންޓް އަމީން އާއްމު ވަނީ މަޖިލީހަށް އިއްވާފައެވެ.

Advertisement

މި މަގާމުތަކަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް ޝަރުތު ހަމާވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބު ވަނީ ޖަލްސާގައި އިއްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފްޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް:

  1. ތ ތިމަރަފުށި ފިނިފެންމާގެ، ފަތުހުﷲ ޖަމީލް
  2. ހ ސެނާ، އިސްމާއިލް ނާޝިދު

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް:

  1. ދަނޑިމަގު، ނިއުލައިޓް، ޏ ފުވައްމުލައް، މުހައްމަދު ސިރާޖު މުނީރު
  2. ހއ އިހަވަންދޫ ވައިޖެހޭގެ، އަސްމާ ޝަފީއު
  3. މއ ވިލާރޮދި، އިސްމާއިލް ސާޖިދު
  4. ނ މަނަދޫ އަނބުގަސްދޮށުގެ، އަހްމަދް ޝަރީފް
  5. ވ އެލަމް އަހްމަދު ވާފިރު
  6. ހ ރަންގިލި، ހަމްދީ އަގީލް

މީގެ އިތުރުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ސަޢުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމާ، އެމައްސަލަ ވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް