ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 05:12
އެވޯޑު ލިބުނު ބައިވެރިންނާއެކު ރައީސް ސޯލިހު
އެވޯޑު ލިބުނު ބައިވެރިންނާއެކު ރައީސް ސޯލިހު
ރައީސް އޮފީސް
މިލާން ކްރިކެޓް އެވޯޑް ނައިޓް
މިލާން ކްރިކެޓް އެވޯޑް ނައިޓް ހަފުލާ ރައީސް ސޯލިހު ޝަރަފުވެރިކޮށްދެއްވައިފި
2018 ވަނަ އަހަރުގެ އެންމެމޮޅު ތިން ކްރިކެޓަރުންނަށް އެވޯޑު ދެއްވީ ރައީސް ސޯލިހު

"މިލާން ކްރިކެޓް އެވޯޑް ނައިޓް" ހަފުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި މި ހަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު ތިން ކްރިކެޓަރުންނަށް، މިލާން އެކަޑަމީން ދޭ އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ސޯލިހުއެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލާން ކުރިކެޓް އެކަޑަމީން 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ ވެސް އިފްތިތާހް ކޮށްދެއްވާފައެއެވެ.

މިލާން ކުރިކެޓް އެކަޑަމީއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.

މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް