Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 12:42
އެގްރީމަންޓްގައި ސޮއި ކުރުން
އެގްރީމަންޓްގައި ސޮއި ކުރުން
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ފްލެޓް
އައްޑޫ ސިޓީ އިން ފްލެޓްތައް ލިބުނު ފަރާތްތައް އެގްރީމަންޓްގައި ސޮއި ކުރަން ފަށައިފި
ޑައުންޓް ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 19،000 ރުފިޔާ

އައްޑޫ ސީޓި ހިތަދޫ އާއި ހުޅުދޫ ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާއިރު އައްޑޫ ސިޓީ އިން ފްލެޓްތައް ލިބުނު ފަރާތްތައް އެގްރީމަންޓްގައި ސޮއި ކުރަން ފަށައިފިއެވެ.

Advertisement

ކުރީގެ ރައީސް މުހައްމުދު ނަޝީދުގެ ވެރިކަމުގައި ''ގެދޮރުވެރިކަމުގެ'' ޕްރޮގްރާމް ދަށުން އައްޑޫ ސީޓީގެ އެންމެ ބޮޑުރަށް ހިތަދޫގައި 268 ފްލެޓް އިމާރާތްކޮށްފައިވާއިރު ހުޅުދޫގައި 42 އިމާރާތްކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އިން 238 ފްލެޓް އަދި ހުޅުދޫ އިން 24 ފްލެޓްއެވެ. މި ޕްލެޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

އެގްރީމަންޓްގައި ސޮއި ކުރުން

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކޮށް އެ މަސައްކަތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި މަސް ނިމެންވާއިރަށް ފްލެޓް ލިބުނު ފަރާތްތަކަށް އެ ތަނަށް ވަދެވޭވަރު ވާނެ ކަމަށެވެ.

މި ފްލެޓްތަކަށް ޑައުންޕޭމަންޓެއްގެ ގޮތުން 19000 ރުފިޔާ ދައްކަންޖެހޭއިރު 20 އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 3550 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ އިންޝުއަރެންސް އަދި މެއިންޓެއިނަންސް ހިމަނައިގެންނެވެ.

މި ފްލެޓްތައް އެޅުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ 2018 ވަނަ އަހަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް