Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 17:02
އެމްޑީއެން އުވާލުމަށް ހެދި ޕެޓިޝަން
އެމްޑީއެން އުވާލުމަށް ހެދި ޕެޓިޝަން
ގޫގުލް
އެމްޑީއެން
އެމްޑީއެންގެ މައްސަލަ ބަލައިދޭން 2017 ވަނަ އަހަރު ހޯމް މިނިސްޓްރީއަށް ސަލަފް ޖަމިއްޔާއިން ހުށަހެޅިކަން ހާމަވެއްޖެ
މައްސަލަ ބައްލަވާނެކަމަށް އެއިރުގެ ހޯމް މިނިސްޓަރ ވިދާޅުވި
އިސްލާމިކް މިނިސްޓްރީއަށް ވެސް ވަނީ ސިޓީގެ ކޮޕީއެއް ހުށަހަޅާފައި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައެއް ބަލައިދިނުމަށް އެދި 2017 ވަނަ އަހަރު ސަލަފް ޖަމިއްޔާއިން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅިކަން ހާމަވެއްޖެއެވެ.

އެ ޖަމިއްޔާގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ސިޓީ ފޮނުއްވާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގައިކަމަށެވެ. އަދި ހޯމް މިނިސްޓްރީއަށް ފޮނުއްވި ސިޓީ އިސްލާމިކް މިނިސްޓްރީއަށްވެސް އޭރު ކޮޕީ ފޮނުވިކަމަށެވެ.

އެ ސިޓީ ފޮނުއްވި އިރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވީ އަޒްލީން އަހުމަދު، އަދި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވީ ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

Advertisement

ސިޓީ ހުށަހެޅިއިރު، އެ މައްސަލަޔާ ގުޅޭ ލިޔެކިޔުންތަކެއްވެސް ސަލަފުގެ ފަރާތުން ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތަކާއި ރާއްޖެއަށް ސެކިއުރަލިޒަމް ގެނައުމަށް ހިތްވަރު ދީފައިވާ ލިޔުންތައް ވެސް ހިމެނޭ ކަމަށް ޝެއިޚް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މި ސިޓީއަކީ އަހަރުތަކެއް ވެފައިވާ ސިޓީއެއް ކަން ފާހަގަކޮށް ޝެއިޚް އަބްދުﷲ ވިދާޅުވީ ސިޓީއަށް ސީދާ ޖަވާބެއް ދެއްވިކަން ޔަގީންނުވާ ކަމަށާއި، ހޯމް މިނިސްޓަރާ ބައްދަލުވުމުން އެކަން ބައްލަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް