Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 13:50
އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އެމްއެންޑީއެފް
މޫސުން
ވިއްސާރައިގަ އައްޑޫ ސިޓީގެ 50 ގެއަކަށް ބޮޑެތި ގެއްލުންވި : މޭޔަރ
ގެއްލުންވެފައިވާ ގެތަކުގެ އެސެސްމެންޓްގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އައްޑޫސީޓީއަށް ބޯކޮށް ވާރޭވެހި މިހާތަނަށް 50 ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ.

މޭޔަރ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ބައެއް ގެ ތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.

ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން މިއަދު ހެނދުނު 08:00 އިން މެންދުރު 12:00 ޖެހުމާއި ހަމައަށް ޔެލޯޓް އެލަރޓް ނެރެފައިވާއިރު ، ވަގުތުހަމަވުމާއެކު ، އަލުން މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް މެންދުރު 12:00 އިން ހަވީރު 16:00 އަށް އިތުރުކޮށްފައެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، ޑިޒާސްޓަރ މެނޭޖްމަންޓްގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަން ވިދާޅުވީ، ވިއްސާރާގައި ގެތަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، ކައުންސިލާއި އެމްއެންޑީއެފާއި ގުޅިގެން އެ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކައުންސިލާއި ގުޅިގެން ގެއްލުންވެފައިވާ ގެތަކުގެ އެސެސްމެންޓް ހަދަމުންދާކަމަށްވެސް ހިސާން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ދަނީ ފެން ބޮޑުވެފައިވާ ޞަރަޙައްދުތަކުގެ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
13 އޮކްޓޯބަރ 2019 | އާދީއްތަ 16:22
ރަށުމެދައް އަޑިކޮށް އޮތީމަ،
ރަށުމެދައް އަޑިކޮށް އޮތީމަ، ސިވިލް އިންޖިނޭރިންގެ ފުރިހަމަ މިސާލެއް!