Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 12:45
ވިމެން އެންޑް ފެމިލީ ލޯ ސެޝަންގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތުން
ވިމެން އެންޑް ފެމިލީ ލޯ ސެޝަންގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ފަސްޓް ލޭޑީ
އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެކަމަށް ދެކިގެން ނުވާނެ: ފަސްޓް ލޭޑީ
ކޮންމެ މަސައްކަތަކީ ނުވަތަ ދާއިރާއަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއް

އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެކަމަށް ދެކިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

"ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ" މައުރަޒު ހުޅުއްވާ ދެއްވާ ހުކުރު ދުވަހު ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ކޮންމެ މަސައްކަތަކީ ނުވަތަ ދާއިރާއަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއްކަމަށް ދެކި އެ ދާއިރާއަކީ ނުވަތަ މަސައްކަތަކީވެސް އެ ކުއްޖަކު އަމިއްލައަށް އިޚްތިޔާރުކުރާ ދާއިރާއަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

ބ. ގޮއިދޫގައި ހުޅުވި މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމާއި ޢާއިލާއާއި މުޖްތަމަޢާއި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް ގެނައުމުގައި ޙަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.

މިއީ މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ބޭއްވި ޙަރަކާތެކެވެ. މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިޔަށްގެންދިިޔަ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކެރިއާ ޓޯކް ސެޝަން" ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ. އަދި "ވިމެން އެންޑް ފެމިލީ ލޯ ސެޝަން" ގައި ވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް