Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 13:26
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އުރީދޫ
އުރީދޫ
13 ވަނަ ދުވަހު އިންޓަނެޓްގެ ޚިދުމަތައް ބުރޫ އަރާނެ : އުރީދޫ
އާދީއްތަ ވިލޭރޭ ދަންވަރު 3:00 ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށް ހިދުމަތަށް ބުރޫއަރާނެ
ދިމާވެދާނެ ދަތިތަކަށް އުރީދޫން ވަނީ މައާފަށް އެދިފަ
ވީހާވެސް އަވަހަށް މައްސަލަ ހައްލުކުރަން މަރާމާތުކުރާ ޓީމުން މަސައްކަތްކުރާނެ

އުރީދޫގެ ޚިދުމަތަށް މި މަހުގެ 13 ވަނަ ދުވަހު ބުރޫ އަރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އުރީދޫގެ އިންޓަނޭޝަނަލް ސަޕްލަޔަރަކު ހިންގާ ކޭބަލް މަރާމާތު ކުރުމުގެ މުހިއްމު މަސައްކަތަކާ ގުޅިގެން، މިމަހުގެ 13 ވަނަދުވަސް ވާ އާދީއްތަ ވިލޭރޭ ދަންވަރު 3:00 ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށް، އުރީދޫގެ އިންޓަނެޓުގެ ޚިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.

Advertisement

މި މަސައްކަތް ކުރިއަށްދާ ވަގުތު، އުރީދޫ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކޮށް، ވީހާވެސް އަވަހަށް މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އުރީދޫގެ ޓީމްތައް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫގެ ޢަމާޒަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް