Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 12:57
ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް
ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް
ރާއްޖެއެމްވީ
ޕްލޭނިން މިނިސްޓްރީ
ސަރުކާރުގެ ވިސްނުމަކީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް އެއްފަހަރާ ނިންމާލުން : މިނިސްޓަރ އަސްލަމް
ބިމަށް ދަތިވެފައި ހުރި ރަށްތައް އެބަހުރި
ބިން ހިއްކުމާއެކު ތަރައްގީގެ މަޝްރޫއުތައް ފެށޭނެ

މި ސަރުކާރުގެ ވިސްނުން އޮތީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫޢެއް އެއްފަހަރާ ކުރިއަށް ގެންގޮސް ނިންމުން ކަމަށް ޕްލޭނިން މިނިސްޓަރ އަޙްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އިރުއިރުކޮޅާ ބިންހިއްކަން ނުޖެހޭ ގޮތަށް، ހިއްކަން ބިމެއް އޮތްނަމަ އެއްފަހަރާ ގޮސް ހިއްކާލުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.

Advertisement

މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ރަށްތައް ތަރައްޤީ ކުރެވޭނީ ފުރަތަމަ ހިއްކަން ޖެހޭ ރަށެއްނަމަ އެރަށުގެ ބިން ހިއްކައިގެން ކަމަށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުތައް ނިމުމާއެކު ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އިންޓެންޝަންއަކީ އެއީ. އެކަން ކުރަން. ދެން އެއަށް ބޭނުންވާ ބަޖެޓް އަޅުގަނޑުމެން ސޯސް ކުރަންޖެހޭ. ކޮންމެ ގޮތަކަށް ވިޔަސް. މިހާރުގެ ބަޖެޓްގައި ވެސް ކޮންމެސް ވަރަކަށް އެބަހުރި. އެހެން ނަމަވެސް ވަރަށް ގިނަ ރަށްރަށުގައި ބިން ހިއްކުމަށް ކުދި އަދަދުތަކެއް ހުރީ.
މިނިސްޓަރު އަސްލަމް ވިދާޅުވި

ބިމަށް ދަތިވެފައިހުރި ރަށްތައް އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ ހިއްކަން ހުރީ ކުދި ބިންތައް ނަމަވެސް 05 ހެކްޓަރު، 10 ހެކްޓަރުގެ ބިންތައް އެއްކޮށްލުމުން ހިއްކަން ޖެހޭ ބިންތައް ގިނަ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅު ޕޯޓު ބަދަލުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢާއި، ބިން ހިއްކުމުގެ އެހެނިހެން މަޝްރޫޢުތައް ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ޙަވާލުކުރަން ދުނިޔޭގައި މި މަސައްކަތްކުރާ ތަޖުރިބާރު ޤާބިލު ކުންފުންޏަކާ މަޝްރާތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
12 އޮކްޓޯބަރ 2019 | ހޮނިހިރު 14:31
ަްއައިންތު
ދިއްފުށިން ވެސް ހިއްކާލަދޭތި