Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 11:38
ރައީސް ޔާމީން ރެލީގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ރެލީގައި ވާހަކަ ދައްކަވަނީ
ދާނިޝް ނިޡާމް
ޔާމީން
މި ސަރުކާރުން ކުރާ ވައުދުތައް އޮބިނޯވޭ، ވާ އެއްވެސް ކަމެއް ނެތް : ރައީސް ޔާމީން
ސަރުކާރަކަށް ވައުދުތައް ނުފުއްދޭނެ
އެމްޑީއެންގެ ރިޕޯޓެއް ތަހުގީގެއް ނުކުރެވޭނެ
ދީން ހިމާޔާތް ކުރެވޭނީ ރައީސް ޔާމީންގެ ސަރުކާރަށް

ރިޔާސި އިންތިޚާބުގަވެސް ރައްޔިތުންނަށް އެތަށް ވަޢުދުތަކެއް ވީނަމަވސް މިހާރުގެ ސަރުކާރަށް ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީޕީއެމުން މިފަހަކަށް އައިސް ސަރުކާރު ޒިންމާދާރުކުރުމަށް ކަމަށް ބުނެ ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހުގެރޭ ކާނިވާ ޞަރަޙައްދުގައި ''އަންނަނީ އަންނަނީ'' ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރު ބަދަލުވިއިރު ނުނިމި އޮތް 270 އެއްހާ މަޝްރޫއެއް އޮތްކަމަށާއި ، މި ސަރުކާރަށް އެއް އަހަރުވީއިރުވެސް އޭގެއިން އެއްވެސް މަޝްރޫޢެއް ނިމުނު މަންޒަރެއް ފެނިފައިނުވާކަމަށެވެ. ޔާމީން ވަނީ ކުރީ ސަރުކާރުގައި ނިންމާފައި ހުރި ބައެއް މަޝްރޫޢުތަކުގެ ކްރެޑިޓް ނަގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި އޮޅުވާލަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މި ސަރުކާރަށް ރައްޔިތުންނަށް އައު އެއްވެސް ވަޢުދެއް ވެވިފައި ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

ނަރުދަމާއާއި ފެނާއި މިކަންކަމުގެ ތެރޭގައި އެކި ރަށްރަށުން އަޅުގަނޑުމެން އަޅާފައި ހުރި ހޮޅިތައް ، ކިހިނެއްތޯ ހަދަނީ ؟ ރަށްރަށުގެ ރައްޔިތުންގެ ނާގާބިލްކަން ހުންނާތީ އަޅުގަނޑު ހައިރާންވޭ. އެ ހޮޅިތައް ނަގައި އެހެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް އަނެއްކާވެސް އެ ހޮޅިތައް އަޅމުގެ މަސައްކަތް ކުރައްވަނީ . އެހެންވީމަ ، ކޮންކަމެއްތޯ މި ކުރައްވަނީ ؟ މިހާރުވެސް ވައުދުގެ މައްޗަށް ވައުދު ، ވައުދުތައް އަންނަވަުން އޮބިނޯވޭ. ނުކުޅަދާނަ.
އަބްދުﷲ ޔާމީން

މި ސަރުކާރުން މިހާރު ދައްކަމުންދާ ވާހަކަތަކާއި މީގެ ކުރިން ދައްކަމުންދާ ވާހަތައް ދިމާނުވާ ކަމަށާއި، ދޮގު ހެދެން އޮތް ތަނެއްގައި އެމްޑީޕީން ތެދު ނަހަދާނެ ކަމަށް ސިފައި ކުރައްވައި ރައިސް ޔާމީން ވިދާޅުވީ އެޖެންޑާ 19 ގައި ވާ ކަންތައްތައް ރައްޔިތުންނަށް މި ސަރުކާރުން ފުއްދައި ނުދެވޭނެކަމަށެވެ.

ދޮގު ހެދެން އޮތް ތަނެއްގައި ތެދެއް ނުބުނާނެ. ތެދުވެރިކޮށް ބަހެއް ބުނެވެން އޮތް ތަނެއްގައި އޮޅުވާލުން ނޫންކަމެއް ނުކުރާނެ. އެޖެންޑާ 19 ސިފަވެގެން ދަނީ ކުރު ގޮތަކަށް ދަންނަވާކަމުގައި ވާނަމަ ދޮގު ހެދުމާއި، މަކަރު ހެދުމާއި، އޮޅުވާލުމާއި ނާގާބިލްކަން. އެމީހުންގެ ނާގާބިލްކަން ފުއްދަން އެމީހުން ދައްކާ ވާހަކައެއްގެ ގޮތުގައި . މި އެޖެންޑާ 19 ފުއްދަން އަޅުގަނޑުމެން ގަބޫލުކުރިން މިއީ ރައްޔިތުންނަށް ފުއްދައިދެވޭނެ ކަމެއް ނޫނޭ
އަބްދުﷲ ޔާމީން

ޑިމޮކްރަސީއަކީ އިންސާނުން އުފެއްދި ނިޒާމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ނިޒާމަކީ ކިތަންމެ ގިނަ ދުވަސްވި ނިޒާމަކަށްވިއަސް ޑިމޮކްރަސީގެ ތެރެއިން ﷲ ގެ ބަސްފުޅުތަކަށް ޖަދަލުކޮށްފައި ޖާގަ ހޯދަން މަސައްކަތްކުރާނަމަ ކަންކަން ގޯސްވެގެންދާނެ ކަމަށެވެ.

ޣައިރު ދީންތައް ރާއްޖެ ''އަންނަނީ'' ކަމަށް ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ ، ސަރުކާރުން ދޮގުހެދުމާއި ނާޤާބިލުކަން ފޮރުވަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މުޅި ރާއްޖެ ޖާހިލިއްޔަތުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި މިއަދު އެއްވެސް ކަހަލަ މިނިވަން މުއައްސަސާއެއް ނެތް ކަމަށްވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެގޮތުން ޝަރުޢީ ދާއިރާއަށް މި ސަރުކާރުން ކަތުރުފަނި އަޅުވާފައިވާ ކަމަށާއި، ސަރުކާރު ތެރޭގައި ހިނގާ ކަންތައްތައް އެކަކު އަނެކަކު ބޮލަށް ޖަހަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ ރިޕޯޓާމެދު ފިޔަވަޅު ނޭޅުމަށް ގޮވައި ބޭރުގެ އެކި ފަރާތްތަކުން ސަރުކާރަށް ޕްރެޝަރ ކުރަމުން އަންނަ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެފަދަ މީހުންނަށް ރާއްޖެ އައުމަށް ފުރުޞަތު ނުދެއްވާ ކަމަށެވެ. އަދި ﷲ ގެ ބަސްފުޅުތަކަށް ޖަދަލުކޮށްފައި ޖާގަ ހޯދަން މަސައްކަތްކުރާނަމަ ކަންކަން ގޯސްވެގެންދާނެ ކަމަށެވެ. އަދި ރިޕޯޓުގެ މައްސަލަ ތަޙުޤީގު ކުރުމުގެ ޤާބިލިއްޔަތު ސަރުކާރުގައި ނެތްކަމަށާއި، މި ސަރުކާރުން ރިޕޯޓް ތަޙްޤީގު ނުކުރާނެ ކަމަށް ޔާމީނުގެ ވާހަކފުޅުގައިވަނީ ތަކުރާރުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް