Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 10:08
މިނިސްޓްރީގެ ޗީފް ޕްރޮކިއުޕްމެންޓް އެގްޒެކްޓިވް އަހުމަދު މުޖުތަބާ
މިނިސްޓްރީގެ ޗީފް ޕްރޮކިއުޕްމެންޓް އެގްޒެކްޓިވް އަހުމަދު މުޖުތަބާ
ރާއްޖެއެމްވީ
މާލިއްޔަތު ގަވާއިދު
މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތައް އަންނަ ހަފުތާގައި އޭޖީ އޮފީހަށް ފޮނުވަނީ
މިބަދަލާއެކު ޕްރޮކިއުމެންޓް ނިޒާމަށް ދިމާވާ މައްސަލަތައް ޙައްލުވާނެ
މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ޚާއްސަ ކޮމެޓީއެއް ވަނީ އެކުލަވާލާފައި
ޤަވާއިދަށް ގެންނަ ބަދަލާއެކު ބީލަންވެރިންގެ ޝަކުވާއަށް އަވަސް ޙައްލެއް ލިބިގެންދާނެ

މާލިއްޔަތު ޤަވާއިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އަންނަ ހަފުތާ ތެރޭގައި އެޓަރނީ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ވިޔަފާރި ރިޕޯޓް ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އެގްޒެކްޓިވް އަޙްމަދު މުޖުތަބާ ވިދާޅުވީ ޕްރޮކިއުމެންޓް ނިޒާމަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް މާލިއްޔަތު ޤަވާއިދަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.

Advertisement

މުޖުތަބާ ވިދާޅުވީ މިހާރު ޢަަމަލުކުރަމުންދާ މާލިއްޔަތު ޤަވާއިދުގެ ސަބަބުން ބައެއް ދަތިތައް ބީލަންވެރިންނަށް ދިމާވާ ކަމަށާއި، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މާލިއްޔަތު ގަވާއިދުގައި ވެސް އެބަހުރި ތަންފީޒު ކުރުމުގައި ދަތިތަކެއް. އަތޮޅު ތެރޭގައި އަޅުގަނޑުމެންގެ އެކިއެކި އޮފީސްތަކުގައި މިއުޅުއްވާ ސްޓާފުންނާއި އޭގެ އިތުރުން ބީލަންވެރިންވެސް އެބަ ފާހަގަކުރޭ މިހާރު މާލިއްޔަތު މިގަވާއިދުގެ ސަބަބުން ބައެއް ކަންތައްތައް އެބޭފުޅުންނަށް ތަންފީޒު ކުރުމަށް ޚާއްސަކޮށް ލޯކަލް ޕާޓީސްތަކަށް ބޭރު ޕާޓީސްތަކާ ކޮންޕީޓް ކުރުމުގައި ހުރި ޑިފިކަލްޓީސްތަކެއް.
މުޖުތަބާ ވިދާޅުވި

ފިނޭންސް މިނިސްޓްރީގައި މާލިއްޔަތު ޤަވާއިދު އިޞްލާހު ކުރާ ކޮމެޓީއެއް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ އެކޮމެޓީ މެދުވެރިކޮށް މާލިއްޔަތު ޤަވާއިދަށް ގެންނަން ބޭނުންވާ އަދި ވަކިން ޚާއްޞަކޮށް ޕްރޮކިއުމެންޓް ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އަންނަ ހަފުތާ ތެރޭގައި މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތައް އެޓަރނީ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަންނަ ހަފްތާ ހިސާބުގައި އިރާދަކުރެއްވިއްޔާ އެޓާނީ ޖެނަރަލް އޮފީހަށް އަޅުގަނޑުމެންގެ މިބަދަލުތަކާއެކު ފޮނުވާނަން. އޭގެފަހުން މިބަދަލުތައް މާލިއްޔަތު ގަވާއިދަށް ގެނެވުނީމަ ޚާއްސަކޮށް ޕްރޮކިއުމެންޓް ބާބަށް ގެނެވުނީމަ މިހާރު މިދިމާވާ ގިނަ ދަތިތައް ހަމަ ހައްލުވެގެންދާނެ.
މުޖުތަބާ ވިދާޅުވި

މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން އަތޮޅު ތެރޭގައި ޕްރޮކިއުމެންޓްގަ މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ފަސޭހަވެ، ބީލަންވެރިންގެ ޝަކުވާތަކަށް ޙައްލު ލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް