Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 22:15
ވީމީޑިއާ
ވީމީޑިއާ
އަވަސް
ވީމީޑިއާ
ވީމީޑިއާއިން ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރާ މައްސަލަ ބަލަން ނިންމައިިފި
40 މުއައްޒަފުން ވަކިކުރަން ވަނީ ނިންމާފައި
މައްސަލަ ބަލަން ނިންމީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަން ނިންމުމުން

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުއައްޒިފުން ވަކިކުރާ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

ވީމީޑިއާއިން މުއައްޒަފުން މަދުކުރުމަށް ނިންމީ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. ވީމީޑިއާގައި 86 މުއައްޒަފުން މަސައްކަތް ކުރަމުންދާއިރު، 40 މުއައްޒަފުން ވަކި ކުރަން ނިންމާފައިވާ މެނޭޖްމެންޓުން މުއައްޒަފުންނަށް ވަނީ އަންގާފައެވެ.

މިމައްސަލަ މީޑިއާ ކައުންސިލުން ބަލަން ނިންމީ މިމަހުގެ 09 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

Advertisement

މީޑިއާ ކައުންސިލުން ބުނީ ވީ މީޑިއާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަން ނުވަތަ ވަޒީފާ ގެއްލޭފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ބުނެ މީސް މީޑިއާ އާއި އާއްމުގެ ތެރޭގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން، މިއީ ނޫސްވެރިންނާ ގުޅުންހުރި ކަމަކަށްވާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާ ރިލޭޝަންސް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީއާ ހަވާލުކޮށް މިކަން ހިނގައިގެން އުޅޭ ގޮތެއް ބަލައި ސާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އައިލެންޑް ބްރޯޑްކާސްޓިން ކޮންޕެނީގެ ދަށުން ހިންގަމުން ގެންދާ ވީމީޑިއާގެ ދަށުން ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އާއި އޮންލައިން ނޫސް ''ވީނިއުސް'' އޮވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް