Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:11
އެމްޑީއެންގެ ސަސްޕެންޑްކުރުމަށް ގޮވާލާކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓެއް
އެމްޑީއެންގެ ސަސްޕެންޑްކުރުމަށް ގޮވާލާކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓެއް
ގޫގުލް
އެމްޑީއެން
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް ސަސްޕެންޑްކޮށްފި
އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގެ މައްސަލަ ވަނީ ހޫނެވެފައި
ޖަމްއިއްޔާގެ މެމްބަރުކަމުން ނޫޝިން ވަނީ ވަކިވެފައި
ދީނީ އިލްމުވެރިން ވަނީ އެ މައްސަލައާއި ގުޅިގެން ރައީސްއާ ބައްދަލުކުރައްވާފައި

''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި ﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާތީ އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަމަށް ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން، އެ ޖަމްއިއްޔާ އަށް އަންގައިފިއެވެ.

Advertisement

ޔޫތް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާ ކަމަށް ތުހުމަތުގައި ފުލުހަށް ހުށައެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާތީވެ ޖަމިއްޔާތަކާބެހޭ ރަޖިސްޓަރ އަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ބުރާސްފަތި ދުވަހުން ފެށިގެން ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލަން އަންގާފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމްއިއްޔާއިން ވަނީ އެ ރިޕޯޓު ނަގައި އެކަމަށް މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ. އަދި އެ ޖަމްއިއްޔާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓް ނޫޝިން ވަހީދު ވަނީ އެމްޑީއެންގެ މެމްބަރު ކަމުން ވަކިވެފައެވެ.

ދީނަށް ފުރައްސާރަކޮށް ކޮށްފައިވާ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ރިޕޯޓްގެ މައްސަލަ 2016 ވަނަ އަހަރު ބަޔަކު ހުށައެޅި ކަމަށާއި، އެކަމަކު އޭރު އެ މައްސަލަ ބަލާފައިނުވާ ކަމަށެވެ.

އެ މައްސަލާއާ މެދު އާއްމުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އުފެދިގެން އުޅެނިކޮށް، ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އެ ރިޕޯޓާއި ގުޅިގެން ދީނި އިލްމުވެރިންވެސް ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ ޖަމްއިއްޔާއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ދީނީ އިލްމުވެރިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް