Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 16:48
މިނިސްޓްރީގެ ޗީފް ޕްރޮކިއުޕްމެންޓް އަހުމަދު މުޖުތަބާ
މިނިސްޓްރީގެ ޗީފް ޕްރޮކިއުޕްމެންޓް އަހުމަދު މުޖުތަބާ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ޕްރޮކިއުމެންޓް ނިޒާމުން ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ފެންނާނެ : ފިނޭންސް
މަސައްކަތްތައް ކުރިއަށް ގެންދަނީ ދެފުށް ފެންނަ ނިޒާމަކުން
ބީލަން ވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ހޯދައިދެން

ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން ބޭއްވި ނުވަގަނޑީގައި މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އަހުމަދު މުޖުތަބާ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެފުށް ފެންނަ ނިޒާމަކުން ކަމަށާއި، ބީލަން ވެރިންނަށް ދިމާވާ މައްސަލަތައް ބަލައި ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

Advertisement

އެގޮތުން ޕްރޮކިއުމެންޓް ނިޒާމަށް ގާތްގަނޑަކަށް ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރަނގަޅު ބަދަލުތައް އަންނަތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުމުގެ މަތިން މިއަހަރު ބީލަން ވެރިންނަށް ޚާއްސަކޮށްގެން ބީލަންވެރިންގެ މަހާސިންތާއެއް ވެސް ބާއްވައިފިން. ދެން އެމަހާސިންތާގައި ބީލަންވެރިން ވަރަށް ގިނަ ކަންކަން ފާހަގަކުރި. މިހާރު އެކިއެކި އޮފީސްތަކުންނާއި ދައުލަތުގެ ޕްރޮކިއުމެންޓް ސިސްޓްމްގެ ތެރެއިން އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން މިކުރިއަށް ގެންދާ ޕްރޮކިއުމެންޓް ހުރި އިޝޫތައް އެކަންތައްތައް ހައްލުކުރަން ވެގެން ގާނޫނުގެ ތެރެއިން ނޫނީ ގަވާއިދުގެ ތެރެއިން ކުރެވެން ހުރި ކަންތައްތައް ބަލާ އަޅުގަނޑުމެން މިހާރު މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމުގެ ކަންތައް އެބަކުރަން.
މުޖުތަބާ ވިދާޅުވި

މުޖުތަބާ ވިދާޅުވީ ޕްރޮޖެކްޓްތައް ޙަވާލުކުރަނީ ޓެކްނިކަލީ އެންމެ އަގުހެޔޮ ފަރާތަކަށް ނޫން ކަމަށާއި، ޕްރޮޖެކްޓްތައް ޙަވާލުކުރަނީ އިވިލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހުށަހަޅާ ބިޑް ޑޮކިއުމެންޓްގައި ހުންނަ ކުދިކުދި މައްސަލަތަކުން ޕްރޮޖެކްޓް ގެއްލޭކަމަށާއި، މިފަދަ މައްސަލަތައް ޙައްލުކުރުމަށް ބީލަންވެރިންނަށް ޚާއްޞަ މަހާސިންތާތައް ބާއްވާ ހޭލުންތެރިކުރާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މިއަހަރުގެ ތަޢާރަފުކުރި ޕްރޮކިއުމެންޓް ޕޯޓަލްއިން މިހާރު ބައެއް ޚިދުމަތްތައް ލިބެންނެތް ނަމަވެސް ކުރިއަށް އޮތްތާނގައި މިޕޯޓަލްގެ ޚިދުމަތްތައް ފުޅާކޮށް ޕްރޮޖެކްޓްތަކަށް ބިޑް ރަޖިސްޓަރީ ވުމާއި ޕޯޓަލް މެދުވެރިކޮށް މައުލޫމާތުތައް ލިބޭގޮތަށް ފަރުމާކުރެވިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ޓެންޑަރގެ މަސައްކަތްތަކާއި ބެހޭ ގޮތުން މުޖުތަބާ ވިދާޅުވީ މިއަދާ ހަމައަށް ގާތްގަނޑަކަށް 195 ރަށުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، 3.8 ބިލިއަން ރުފިޔާ މަސައްކަތްތައް ނެޝަނަލް ޓެންޑަރ މެދުވެރިކޮށް އެވޯޑް ކުރެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ވޯޓަރ ސްވަރޭޖް، ސްކޫލުތައް، ހައުސިން ޔުނިޓް، ހަބަރ ޕްރޮޓެކްޝަން، ވޭސްޓް މެނޭޖްމެންޓް، މިސްކިތްތައް އަދި ކުޅިވަރުގެ ދާއިރާގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް