Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 12:10
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު
ރައްޔިތުންގެ މަޖިލިސް
ަމަޖިލިސް
އެއް ބިލިޔަން ރުފިޔާގެ 42 މަޝްރޫއުވަނީ ނިމިފައި: އަމީރު
މަޝްރޫއުތަކައް މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 171.6 މިލިޔަން ރުފިޔާ ވަނީ ދައްކާފައި
އިތުރު ޕްރޮޖެކްޓްތަކާއި، އެ ޕްރޮޖެކްޓްތަކުގެ ތަފްސީލް މި އަހަރަށް ހުށަހެޅި ފާސްކޮށްފައިވާ ބަޖެޓްގައި ހިމަނާފައިވާނެ
ނިމުނު މަޝްރޫއުތަކައް އެއްބިލިޔަން ރުފިޔާ އަރާ ކަމަށް ވިދާޅުވި

މި ސަރުކާރުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 42 މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، މަޖިލީހަށް ހާޒިރުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާތަކައް ޖަވާބު ދެއްވަމުންނެވެ. ޖާބިރު މިނިސްޓަރާއި ކުރައްވާފައިވާ ސުވާލަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު، ފާއިތުވެދިޔަ މުއްދަތުގައި ނިމުނީ ކިތައް ޕްރޮޖެކްޓު ތޯ އާއި އަދި އެ ޕްރޮޖެކްޓުތަކުގެ ތެރެއިން ފައިސާ ދައްކައި ނިމުނީ ކިތައް ޕްރޮޖެކްޓްތަކައްތޯއެވެ.

Advertisement

ޖާބިރު ކުރެއްވި ސުވާލުތަކައް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ސެޕްޓެމްބަރު މަހާއި ހަމައަށް ޖުމްލަ 42 މަޝްރޫއެއް ނިމިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަގު ޖުމްލަ އެއްބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. މިހާތަނަށް މި މަޝްރޫއުތަކައް 759.8 (ހަތް ސަތޭކަ ފަންސާސް ނުވައެއް ޕޮއިންޓް އަށެއް މިލިޔަން) ރުފިޔާ ދައްކާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 171.6 (އެއްސަތޭކަ ހަތްދިހަ އެކެއް ޕޮއިންޓް ހައެއް) މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އިތުރު ޕްރޮޖެކްޓްތަކާއި، އެ ޕްރޮޖެކްޓްތަކުގެ ތަފްސީލް މި އަހަރަށް ހުށަހެޅި ފާސްކޮށްފައިވާ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ނެޝަނަލް ޓެންޑަރ މެދުވެރިކޮށް 136 ޕްރޮޖެކްޓެއް އެވޯޑްކޮށްފައިވާނެ .އޭގެ ޖުމްލަ އަގު 3.8 ބިލިޔަން އެބައަރާ. އޮންގޮއިންގެ މަސައްކަތުގެ ތެރޭގައި ގާތްގަނޑަކަށް 29 ޕްރޮޖެކްޓެއް އެއީ ގާޓްގަނޑަކަށް 43 ރަށުގައި ހިގާ 29 ޕްރޮޖެކްޓެއް އެބަ ހިނގާ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މި ޕްރޮޖެކްޓްތަކައް ފައިނޭސްކޮށްފައިވަނީ ޑޮމެސްޓިކް ފައިނޭންސްއިން އާއި ފޮރިން ފައިނޭންސްއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި އިންޑިޔާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދީފައިވާ 200 މިލިޔަން ޑޮލަރު ހިމެނޭކަން ފާހަގަކަށްލެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް