Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 11:18
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 2019
ދަރަނި ދެއްކުމަށް މިއަހަރު 4 ބިލިއަން ރުފިޔާ ދާނެ: އަމީރު
އޭގެ ތެރެއިން 2.1 ބިލިއަން ރުފިޔާގެ އިންޓްރެސްޓް ޕޭމެންޓްސް ގޮތުގައި ދައްކާނެ ކަމަށް
އަދި 2.1 ބިލިއަން ރުފިޔާ ޕްރިންސިޕަލް ޕޭމެންޓްސްގެ ގޮތުގައި ދައްކާނެ ކަމަށް

ދަރަނި ދެއްކުމަށް (ޑެޓް ސަރވިސިންގ އަށް) ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ މިއަހަރު ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Advertisement

އަމީރު މިހެން ވިދާޅުވީ އަންގާރަ ދުވަހު މަޖީލީހަށް ހާޒިރުވެ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިލްޔާސް ކުރެއްވި ސުވާލަކީ ރާއްޖެއިން ނަގާފައިވާ ލޯނުގެ ތެރެއިން 80 އިންސައްތަ ދަރަނީގެ ގޮތުގައި ދައްކަމުން ދަނީ އެންމެ ގައުމަކަށް ކަމަށާއި، އަހަރެއްގެ މައްޗަށް ކިހާވަރެއް ދައްކާތޯއެވެ.

ސަރުކާރުން، ދައުލަތުން ނަގާފައިވާ ލޯނާއި ގެރެންޓީއަށް ބަލާއިރު އެކްސްޓަރނަލް ޑެޓް ގެ 80 ޕަސެންޓް، މި ޑިޕެންޑްވަނީ އެންމެ ގައުމަކަށް. އަޅުގަނޑުގެ ސުވާލަކީ މި ސަތޭކަ ޕަސެންޓް ޕޭ ކުރަމުން ދާއިރު، އަހަރެއްގެ މައްޗަށް ލޯން ރިޕޭމެންޓް އަކީ ކިހާވަރެއްތޯ؟ އަދި ކުރިއަށް އޮތް ހަތަރު ފަސް އަހަރަށް ކިހާވަރަކަށް އޭގެ އިތުރުވަމުންދޭތޯ ލޯން ރިޕޭމެންޓް 2023، 24 އާއި ހަމަޔަށް ؟
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޑެޓް ސާރވިސިންގްގައި އިންޓްރެސްޓް ޕޭމަންޓްސް އާއި ޕްރިންސިޕަލް ޕޭމަންޓްސް އަށް ދައްކާނެ އަދަދު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ޑެޓް ސާރވިސިންގް އަށް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ދާނެ ކަމަށެވެ. އޭގެ ތެރެއިން 2.1 ބިލިއަން ރުފިޔާގެ އިންޓްރެސްޓް ޕޭމެންޓްސް ގޮތުގައި ދައްކާ، 2.1 ބިލިއަން ރުފިޔާ ޕްރިންސިޕަލް ޕޭމަންޓްސްގެ ގޮތުގައި ދައްކާނެ ކަމަށެވެ.

މި 80 އިންސައްތަ އެކްސްޓަރނަލް ދަރަނީގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި އަޅާ 7000 ހައުސިންގް ޔުނިޓާއި ގުޅިގެން މެމްބަރު ކުރި އިތުރު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ މަޝްރޫއުއަކީ އިންފްލޭޓެޑް އަދަދަކަށް ދެވިފައިވާ މަސައްކަތެއް ކަމަށެވެ.

ދެވަނަ ސުވާލަކީ 80 ޕަސެންޓް އެކްސްޓަރނަލް ޑެޓް ގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި އަޅާ 7000 ހައުސިންގް ޔުނިޓުގެ ލޯނު. މިސާލަކަށް އޭގައި ހިމެނޭ 434 މިލިއަން ޑޮލަރު. މި ލޯނުގެ އަގަކީ އަސްލު ވަރަށް އިންޕްލޭޓް ކުރެވިފައިވާ އަގެއް. އެ ފްލެޓު އަޅަން އަސްލު ބޭނުންވަނީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު. އެހެންމަ މި ލޯނުތަކާއި. ނެގޯޝިއޭޓު ކުރެއްވިންތޯ އެ ޕްރޮޖެކްޓުތައް އަލުން ކުރިއަށް ގެންދެވޭތޯ އެ ކުޑަކުރެއްވުމަށް؟ 1.6 ބިލިއަން ޑޮލަރު މި ޑިޕެންޑް ވަނީ އެންމެ ގައުމަކަށް. ގިނައިން ހުރި ލޯނު ތަކަކީ އިންފްލޭޓު ކުރެވިފައިވާ އަދަދުތައް. އަދަދު ކުޑަ ކުރުމަށް ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަން ނެގޯޝީއޭޓު ކުރެއްވިންތޯ؟ ނެގޯޝީއޭޓު ކޮށްގެން ކިހާވަރެއް ކުޑަކުރެވިއްޖެ ތޯ ކުރެވިފައިވާ ނަމަ؟
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ސަރުކާރާއި ހަވާލުވީއިރު އެ 7000 ހައުސިންގް ޔުނިޓްސްގެ މަސައްކަތްތަށް ވަރަށް ބޮޑުތަން ނިމިފައިވާ ކަމަށެވެ. އަދި އިތުރަކަށް އެ މަސައްކަތް ހަވާލުކޮށްގެން ކުރަމުން ނުދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ 7000 ހައުސިންގް ޔުނިޓްސްގެ މަޝްރޫއުއަކީ އިންފްލޭޓެޑް އަދަދަކަށް ދެވިފައިވާ މަސައްކަތެއް ކަމަށް ގަބޫލު ކުރައްވާ ކަަމަށާއި، ދަރަނި މެނޭޖް ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ބަޖެޓު ހުށެހެޅޭއިރު މުޅި ޖުމްލަ ޑެޓް ސްޓޮކް މަދު ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތަފްސީލް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާތަނަށް ޑައިރެކްޓް ކޮށް އޭގެ އަގު ދަށް ކުރުމަށް މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް