Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 23:11
ހިރިގަލުވަޑާން ކޯހުގެ ބައިވެރިއަކަށް މިނިސްޓަރު ޔުމްނާ ސެޓްފިކެޓް ހަވާލުކޮށްދެނީ
ހިރިގަލުވަޑާން ކޯހުގެ ބައިވެރިއަކަށް މިނިސްޓަރު ޔުމްނާ ސެޓްފިކެޓް ހަވާލުކޮށްދެނީ
ހެރިޓޭޖް މިނިސްޓްރީ
ހެރިޓޭޖް މިނިސްޓްރީ
ހިރިގަލުވަޑާން ކޯހުގައި ގިނައީ އަންހެނުން
ކޯހުގައި 10 މީހުން ބައިވެރިވި ނަމަވެސް ކޯސް ނިންމީ ހަ ބައިވެރިން
އަންނަ އަހަރު މީގެ ދެވަނަ ކޯހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި ގަދީމީ ކަލެކްޝަން ގުޅިގެން ހިންގި ''ސަގާފީ ހިރިގަލުވަޑާން ކޯސް'' ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ބައިވެރިންނަށް ސެޓިފިކެޓް ޙަވާލުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

Advertisement

ކޯހުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 10 ފަރާތަކުން ބައިވެރިވީނަމަވެސް ދިމާވި އެކި ސަބަބުތަކާހުރެ ކޯސްފުރިހަމަ ކުރީ ހަބައިވެރިންނެވެ. ކޯސް ފުރިހަމަކުރި ބައިވެރިންގެތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ ހަތަރު ކަނބަލުންނެވެ.

ކޯހުގެ ބައިވެރިންނާއި އެކު މިނިސްޓަރު ޔުމްނާ ފޮޓޯއަކަށް ހުއްޓިގެން

ކޯހުގައި ބައިވެރިން ތަމްރީން ކޮށްދީފައިވަނީ ޘަޤާފީ ހިރިގަލު ވަޑާމުގެ ތަޖުރިބާކާރެއް ކަމުގައިވާ މުޙައްމަދު އިމްރާން އަޙްމަދެވެ. އިމްރާން ބުނީ، ކޯހުގައި ބޮޑަށް އިސްކަންދިނީ އިހު ޒަމާނުގައި ބޭނުންކުރި ހިރުގަލުވަޑާމުގެ ފަރުމާތައް ރަނގަޅަށް ބަލާ ދަސްކޮށްދިނުމަށް ކަމަށެވެ.

ކޯހުގެ ބައިވެރިންނަށް ދަސްކޮށްދީފައިވަނީ ގިނަ ދުވަސްވެފައިވާ ޑިޒައިންތައް ކަމަށާއި، ބައިވެރިންނާއެކު ތަންތަނަށް ގޮސް ދިރާސާކޮށް ކުރަހަން ދަސްކޮށްދީފައިވާ ކަމަށް ގަދީމީ ކަލެކްޝަން ހިންގާ އިމްރާން ބުންޏެވެ. އޭނާ ބުނީ، މިފަހަރުގެ ކޯހުގެ މުއްދަތަކީ ދެމަސް ދުވަސް ކަމަށާއި، އެއީ ކުރުމުއްދަތެއް ކަމަށެވެ. ކުރިޔަށް އޮތްތާގައި ބާއްވާ ކޯސް ދިގުމުއްދަތަކަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށް އިމްރާން ބުންޏެވެ.

ކޯހުގެ ބައިވެރިން ތަމްރީން ކޮށްދިފައިވަނީ މުހައްމަދު އިމްރާން

ކޯހުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވީ ހިރިގަލު ވަޑާމުގެ މަސައްކަތް އާލާކޮށް ދިރުވުމުގެ ކޯހެއް ފުރިހަމަކޮށްފައިވާތީ އެކަމާއި މެދު އުފާފުޅު ކުރައްވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް ޒުވާން ބައިވެރިންތަކެއް ޘަޤާފީ މަސައްކަތެއް ދަސްކުރުމުން އެކަމާމެދު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޔުމްނާ ވަނީ ކޯހުގައި ބައިވެރިވި ފަރާތްތަކުން ހަދާފައިވާ ޑިޒައިންތައް ބައްލަވާލައްވާފައެވެ. ހިރިގަލުވަޑާމުގެ އިތުރު ކޯހެއް އަންނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް