Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 18:41
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީ ބައްދަލުވުން
މަޖިލިސް
ދަނޑުވެރިކަން
ޕެސްޓިސައިޑާއި ގުޅޭ ތަމްރީނު ލިބިފައިހުރި ބޭފުޅެއް ރާއްޖެއަކު ނެތް!
ޕެސްޓިސައިޑް ބޭނުން ކުރަން އޮންނަ މިންވަރަށް ބޭނުން ކުރާނަމަ ނުރައްކަލެއް ނެތް ކަމަށް ވިދާޅުވި
އޯގަނިކް ފާރމިން ގައި ވެސް ޕެސްޓިސައިޑް ކޮންމެ ވެސް ވަރަކަށް ހިމެނޭނެކަމަށް ވިދާޅުވި

ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ޕެސްޓިސައިޑާގުޅޭ ދިގު މުއްދަތުގެ ތަމްރީނެއް ލިބިފައިހުރި ބޭފުޅެއް ދިވެހިރާއްޖޭގައި ނެތް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މެރިން ރިސޯސަސްގެ ޕާރމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޔާ ވިދާޅު ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާއި ބެހޭ ބިލާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޑރ. ޝާފިޔާވަނީ، މިދާއިރާގެ ފަންނީ ބޭފުޅުން ނެތްކަން ބަޔާންކުރައްވާ ، މިދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއްޅުއްވާ ވާހަކަފުޅުދައްކަވާފައެވެ.

އޭނާ ވިދާޅުވި ކަމަށް ޤާބިލު ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން ނެތުމާއި ޚިދްމަތްދިނުމުގައި ބޭނުންކުރާ އާލާތްތައް މިހާރު އެކަށިގެންވާ މިންވަރަށް މިހާރު ނެތް މިދަނޑިވަޅުގައި، މިފަދަ ބިލެއް ވުޖޫދަށް ގެނެވިއްޖެނަމަ ހުރިހާ ދިމާއަކުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއްދެވި، އެކި ފަރާތްތަކައް މިކަމުގެ ޒިންމާ އުފުލުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ޕެސްޓިސައިޑަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއްކަމުގައިވީ ނަމަވެސް އެ އުފައްދަނީ ވަރަށް ގިނަ ކަމާގުޅުންހުރި ދިރާސާތައް ކުރުމަށްފަހުގައި ކަމަށާއި، އެހެންކަމުން އިރުޝާދު ދީފައިވާގޮތައް އެ ބޭނުން ކުރާނަމަ އެއީ ބޭނުން ކުރަން ނުރައްކާތެރި އެއްޗެއް ނޫންކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ. ޕެސްޓިސައިޑް ބޭނުން ކުރުމުގައި ގޯސްވާ ނުވަތަ ނުރައްކާވާ ހިސާބަކީ އެ އޮންނަ މިންގަނޑު ތަކާއި ޚިލާފުވުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕެސްޓިސައިޑް ބޭނުން ކުރުމާގުޅޭ ގޮތުން އެއްވެސް ދިރާސާއެއް ހަދާފައި ނުވާ ކަމަށާއި އޭގެ ނުރައްކާތެރިކަމާބެހޭގޮތުން ފެކްޓް ޝީޓްތަކުގެ އެއާގުޅުންހުރި ހުރިހައި ތަފުޞީލެއް ހިމަނާފައިވާކަން ޑރ. ޝާފިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

އޯގޭނިކް ޕާމިން އަކީވެސް ޕެސްޓިސައިޑް-ފްރީ ކަމެއް ނޫން ކަމަށާއި އޯގޭނިކްގަވެސް ޕެސްޓިސައިޑް ކޮންމެ ވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ. ޕެސްޓިސައިޑް ނުލާ އެއްޗެއް ހެއްދުމަކީ ވަރަށް އުުދަނގޫކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ކެމިކަލް ލެބޯރެޓަރީ ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާތޫ މީގެކުރިން މި ޓެސްޓްތައް ހަދަމުން އައީ ވަރަށް އަގުބޮޑުކޮށް ސްރީލަންކާގެ ލެބޯރެޓަރީއަކުންކަން ޑރ. ޝާފިޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ސާމްޕަލް ނަގައިގެން ބޭރަށް ފޮނުވައިގެން ޓެސްޓްތަކެއް މިހާރު ހުރި މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓޭތޯ ޑަބްލިއު އެޗް އޯގެ އެހީއާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދަނޑުވެރިކަމާއި ބެހޭ ގިނަ ޕްރޮގްރާމްތަކެއް ކޮންމެ އަހަރަކުވެސް ހިންގަމުންދާ ކަމަށާއި އެގޮތުން އަހަރެއްގެ ތެރޭގައި 1000 އަށް ވުރެ ގިނަ ދަނޑުވެރިންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، މިނިސްޓްރީ އޮފް ފިޝަރީޒްއާއި، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ބޭފުޅުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް