Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 18:49
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
މަޖިލިސް
އެޑިއުކޭޝަން މިނިސްޓަރު
ޤާބިލު މުދައްުރިސުން ހޯދުން ، ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް - އެޑިއުކޭޝަން މިނިސްޓަރު
''ރެކްރޫޓްމެންޓް'' ޕޮލިސީ ވަނީ ބަދަލުކޮށްފައި
ބަޖެޓްގެ ދަތިކަން ބޮޑު
ޓީޗަރުންނަށް ދޭންވާ އަދަދަށް މުސާރައެއް ނުދެވޭ

ރާއްޖޭގައި ތަޢުލީމު އުގަންނައިދޭނެ ޤާބިލު ދިވެހި މުދައްރިސުން ލިބުމުގައި ދަތިތަކާ ކުރިލަތިލާންޖެހިފައިވާއިރު، ރާއްޖެއިން ބޭރުންވެސް މިފަދަ މުދައްރިސުން ހޯދުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެެއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ދިވެހި ޓީޗަރުން ލިބުމުގައި އުދަނގޫ ތަކެއް ދިމާވަ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކަ ކޮމިޓީ ގައި އެވާހަކަ ތަކުރާރު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ދަތިކަމަށާއި، ގިނަ ސްކޫލު ތަކުގައި މުދައްރިސުން ތިބެނޭ ތަނެއްވެސް ނެތް ކަމަށެވެ.

އުމްރާނީ ގިނަ ވަޞީލަތްކެއް ސްކޫލުތަކަށް ބޭނުންވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މުޤައްރަރު ރަނގަޅު ކުރުމަށްޓަކައި ޤާބިލު ޓީޗަރުން ނުލިބުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. ވަކިން ޚާއްޞަ ކޮށް ޕްރައިމަރީ އަދި ސެކަންޑަރީ ގްރޭޑްތަކަށް ދިވެހި ޓީޗަރުން ނުލިބޭއިރު، ކައިރި ޤައުމުތަކުން ޓީޗަރުން ގެންނައިރު އެ ޤައުމުތަކުންވެސް ޤާބިލި ޓީޗަރުން ނުލިބޭ ކަމަށެވެ.

އަޅުގަނޑުމެން ޓީޗަރުން ގެންނަނީ އިންޑިއާއިން. ގެންނަ ޓީޗަރުންވެސް އެހާ ގާބިލް ޓީޗަރުން ހޯދުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަތިތަކެއް މިހާރުވެސް ކުރިމަތިވޭ.
ޑރ. އައިޝަތު އަލީ ~ އެޑިއުކޭޝަން މިނިސްޓަރު ~

މިނިސްޓަރ ވިދާޅުވީ، ޤާބިު ޓީޗަރުން ނުލިބޭތީ ''ރެކްރޫޓްމެންޓް'' ޕޮލިސީ ބަދަލުކޮށް، ''އޭ'' ގްރޭޑް މުވައްޒަފުން ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޓީޗަރުން ކުރާ މަސައްކަަތްތަކަށްބަލާއިރު އެ ފަރާތްތަކަށްދޭ މުސާރައަކީ ކުޑަ މުސާރައެއްކަމަށާއި، އެމީހުން 24 ގަޑިއިރު މަސައްކަތް ކުރިއަސް އެކަށީގެންވާ ޢަދަދަށް މުސާރަ ދެވޭކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޑރ. އައިޝަތު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މުދައްރިސު ކަމަކީ ކުރީގައި ޤަދަވަރުވެރި ކަމެއްގެ ގޮތުގައި ވިޔަސް މިހާރު މުދައްރިސުކަމަކީ ގިނަ މީހުން ބަޔަކު ބަލައި ގަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް އާ ކުދިން ނެރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ވަޞީލަތްތައް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. އެޑިއުކޭޝަން މިނިސްޓްރީ އަށް ބޮޑު ބަޖެޓަށް ކަނޑައަޅާފައި އޮތްނަމަވެސް ބަޖެޓުގެ ބޮޑު ބައެއް ހޭދަވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، މުސާރައަށް ބޮޑު ބައެއް ހޭދަކުރުމަށްފަހު ސްކޫލުތަކަށް ޚަރަދު ކުރެވޭނީ މަދު މިންވަރެއް ކަމަށެވެ. ތަޢުލީމީ ދާއިރާއަށް މީހުން އަހުލުވެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
8 އޮކްޓޯބަރ 2019 | އަންގާރަ 08:58
ޢަހުރެނ
މަ އްސަލަ އާއ އި ގޮންޖެހުމާ އި ހަ އްލު ވެސް އެންމެނަށް އެނގޭ.. ފިޔަވަޅު އަޅަނެ ހި އްވަރު ނެތީ