Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 19:04
އާ ޓާރމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ފިނޭންސް މިނިސްޓަރ ވަޑައިގަތުން
އާ ޓާރމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ފިނޭންސް މިނިސްޓަރ ވަޑައިގަތުން
ދާނިޝް ނިޡާމް
ފިނޭންސް މިނިސްޓަރ
ދެއަހަރު ފަހުން އިންޓަރނޭޝަނަލް ޓާރމިނަލް ބޭނުންކުރާނީ ޑޮމެސްޓިކް ޓާމިނަލެއްގެގޮތުގައި : މިނިސްޓަރ އަމީރު
އައު ޓާރމިނަލް ނިންމޭނީ 34 މަސް ދުވަހުން
ޑޮމެސްޓިކް އެއާރޕޯޓް މިހާރުގެ އިންޓަރނޭޝަނަލް އެއާރޕޯޓަށް ބަދަލުކުރާނެ

ވެލާނާއިންޓަނޭޝަނަލް އެއަރޕޯޓުގރ އައު ޓަރމިނަލްގެ މަސައްކަތް ނިމުމާއެކު މިހާރު އިންޓަރނޭޝަނަލް ޓަރމިނަލްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޓަރމިނަލް މަރާމާތުކުރުމަށް ފަހު ޑޮމެސްޓިކް ޓާރމިނަލެއްގެ ގޮތުގައި ބޭނުންކުރަންފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އައު ޓާމިނަލްގެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވައިލެއްވުމަށް މިއަދު އެއަރޕޯޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ފަންޑިންގ އޭޖެންސީ މެދުވެރިކޮށް ކުރެވުނު މަޝްވަރާގެ ދަށުން އޭރު ދިމާވި މައްސަލަތައް ޙައްލުކޮށް އައު އެގްރީމެންޓެއްގެ ދަށުން އައު ޓަރމިނަލުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ޓާގެޓަކީ 34 މަސް ދުވަހުގެ ތެރޭގައި އައު ޓަރމިނަލް ގެ މަސަތްކަތް ނިންމާ ބޭނުންކުރަން ފެށުން ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ޑޮމެސްޓިކް އެއަރޕޯޓް މަރާމާތު ކުރަންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވިދާޅުވީ އާ ޓަމިނަލް ނިމުމާއެކު، މިހާރުގެ އިންޓަރނޭޝަނަލް ޓަރމިނަލް އިތުރު މަރާމާތާއެކު ޑޮމެސްޓިކް ޓަރމިނަލްއަކަށް ބަދަލުކޮށް އާ ޓަރމިނަލާއެކު ބްރިޖަކުން ގުޅާލެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުސްތަގުބަލުގައި ބޭނުންކުރާނީ މިހާރު އެ ބޭނުންކުރާ ޑޮމެސްޓިކް ޓަރމިނަލެއް ނޫންކަމަށާއި މިހާރުވެސް ދަތިތަކެއް ކުރިމަތިވާނަމަ އެކަންތައް ހައްލުކުރުމަށްޓަކައި ސަރުކާރުން މަސަތްކަތް ކުރައްވާނެކަމަށެވެ.

އަޅުގަނޑު ހިތުން މިހާރުން މިހާރަށްވެސް ގެންނަން ޖެހޭ ތަރައްގީތައް އެމްއޭސީއެލްއުން ގެންނާނެ . އަދި އޭގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން . މި ޓާރމިނަލްގެ މަސައްކަތް ނިމުނީމައި ، އަޅުގަނޑުމެންނަށް މިހާރު އިންޓަރނޭޝަނަލް ޓަރމިނަލެއްގެ ގޮތުގައި ބޭނުންކުރެވޭ ޓަރމިނަލް ޑޮމެސްޓިކް ޓަރމިނަލެއްގެ ގޮތުގައި ބަދަލުކުރާނަން. ދެން އައު ޓާރމިނަލް އާއި އެ ޓަރމިނަލް ބްރިޖަކުން ގުޅާލެވޭނެކަމަށް . އަޅުގަނޑުމެންގެ އެ ޕްލޭން ވެސް އެބައޮތް.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އެމްއޭސީއެލްގެ މެނޭޖަރ މުހައްމަދު ޞަލާހު ވިދާޅުވީ ކުރިން ކުރި ޝެޑިއުލްއާއި އެއްގޮތަށް ޓަރމިނަލްގެ މަސައްކަތް ނިމުނުނަމަ ، ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ފެށިގެން ދާނެކަމަށާއި، ނަމަވެސް ޓަރމިނަލް ލަސްވެގެން ދިޔުމާއެކު އެކަމަށް ހައްލެއް ހޯދުމަށް ދެއަހަރު ހޭދަ ކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން ބޭރުގައި ހުރި ކެފޭތަކާއި ޓަރމިނަލް އެއްކުރެވޭ ގޮތެއްވެސް ބަލަމުން އަންނަކަމަށާއި ޗެކިން ކައުންޓަރ ބަދަލުކޮށް ކޮޅަށް ފަސިންޖަރުން ގިނައިރު ތިބޭ ތިބުމަށް ހައްލެއް ގެނައުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ.

އަޅުގަނޑުމެން އަސްލު މި ޑޮމެސްޓިކް ކޮންވާރޝަން ޓާރމިނަލް ޝެޑިއުލްއާއި އެއްގޮތަށް ދިޔަ ނަމަ މި އަހަރުގެ ފަހުކޮޅު ނިމޭނެ. އެހެން ނަމަވެސް ޓަރމިނަލް ލަސްވުމާއި ގުޅިގެން ދެ އަހަރަށް ސޮލިއުޝަންއެއް ހޯދުން ޖެހިފައި އަލުގަނޑުމެންނަށް މިވަނީ . މިހާރުގެ ޑޮމެސްޓިކް ޓަރމިނަލްވެސް ޖާގަ ބޮޑު ކުރެވޭނެ ގޮތްތައްް އަޅުގަނޑުމެން އެބަ ބަލަން . އޭގެ ތެރޭގައި ބޭރުގައި ހުރި ކެފޭ އާއި ޓަރމިނަލް އެއްކޮށްލުމަށް އަޅުގަނޑުމެން އެބަ ވިސްނަން.
އެމްއޭސީއެލްގެ މެނޭޖަރ މުހައްމަދު ސޮލާހު

ޓަރމިނަލްގެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހިއްސާކުރަމުން ކުންފުނީގެ މެނޭޖަރ މުހައްމަދު ޞަލާހު ވިދާޅުވީ އެގްރީމަންޓްގައި ސޮއި ކުރުމަށްފަހު މަސައްކަތް ފެށުމަށް ކުޑަ ޑިލޭ އެއް އައިނަމަވެސް މިހާރު މަސައްކަތް ރަނގަޅަށް ފަށާފައިވާކަމަށެވެ. ޞަލާހު ވިދާޅުވީ މަސައްކަތް ކުރިޔަށް ދަނީ ޒޯންތަކަށް ބަހައިލައިގެން ކަަމަށާއި އިމާރާތް ރޭނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިޔަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ޞަލާހު ވިދާޅުވީ މި ސަރުކާރުން ޓަރމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، އެގޮތުން ޓަރމިނަލް ފެނިގެންދާނީ ވަރަށް ދިވެހި ވަންތަ ގޮތަަކަށްކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަސިންޖަރުން މާލެ އައުމާއެކު ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީ ފެންނަގޮތަށް ފަރުމާކުރެވިފައިވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒް އަދި މިނިސްޓަރ އަމީރު އެއާރޕޯޓުގެ މަސައްކަތް ބައްލަވައިލެއްވުން

އެއާރޕޯޓްގެ އައު ޓާރމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ފިނޭންސް މިނިސްޓަރގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް