Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 18:15
އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީސް
އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީސް
މުހައްމަދު ޝަރުހާން
މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ދެ ފަރާތެއްގެ ނަން މަޖިލިހަށް ފޮނުވަނީ
ފަހުން އިންޓަވިއު ކުރެވުނު ދެބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވޯޓަށް އެހުމަށް ނިންމާފައިވަނީ ދެން އޮންނަ ކޮމެޓީ ބައްދަލުވުމުގައި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވާފައިވާ ހަތަރު ބޭފުޅުންނާއި އިންޓަވިއުކޮށް, އޭގެތެރެއިން ދެ ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިން ރުހުންދީފިއެވެ.

ކޮމެޓީއިން ރުހުންދިނުމަށް ފާސްކޮށްފައިވަނީ މަޤާމަށް ކުރިމަތި ލެއްވި ޙުސައިން ފިޔާޒު މޫސާއާއި އަޙްމަދު ފަޔާޒުގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. ފިޔާޒުގެ ނަންފުޅު ފާސްކޮށްފައިވަނީ އިންޓަރވިއުގައި ބައިވެރިވި ހުރިހާ މެމްބަރުުންގެ އަޣްލައްބިއްޔަތުންނެވެ. ފަޔާޒުގެ ނަންފުޅު ފާސް ކޮށްފައިވަނީ އިންޓަވިއުގައި ބައިވެރިވި 10 މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފުރަތަމަ އިންޓަވިއު ކުރެއްވި ދެ ބޭފުޅުންގެ ނަން ފާސްކުރުމަށް ވޯޓަށް އެހި ނަމަވެސް ފަހުން އިންޓަވިއު ކުރެވުނު ދެބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވޯޓަށް އެހުމަށް ނިންމާފައިވަނީ ދެން އޮންނަ ކޮމެޓީ ބައްދަލުވުމުގައެވެ. އެ ދެބޭފުޅުންނަކީ އަޙްމަދު އާހިދު ރަޝީދާއި ފާޠިމަތު ސައުޝަންއެވެ. އަންގާރަ ދުވަހު ވޯޓަށް އެހުމަށް ކޮމެޓީއިން ނިންމާފައިވަނީ އިންޓަރވިއުގައި ބައިވެރިވި ހުރިހާ މެމްބަރުން ކޮމެޓީ ބައްދަލުވުމުގައި އެވަގުތު ހާޟިރުވެވަޑައިގެންފައި ނުވާތީއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި މިއަދު އިންޓަވިކުރިއިރު ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ ފަރާތުންވެސް ރެފަރަލްއެއް، އަދި އަމިއްލަފުޅަށް އެބޭފުޅަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާފައިވެއެވެ. މީގެ އިތުރަށް ޤާނޫނާއި ބެހޭގޮތުން ޓެސްޓު ކަރުދާހެއް ވެސް އެރުވިއެވެ. ކަރުދާހުގެ ޖުމްލަ މާރކްސްއަކީ 15 އެވެ. މާރކްސްއަށް ބަލާލާއިރު ސަައުޝަންއަށް 11 މާރކްސް ،ފިޔާޒަށް 14 މާރކްސް، ފަޔާޒް އަށް 12 މާރކްސް އަދި އާހިދަށް ލިބިލެއްވީ 11 މާރކްސް އެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު ޢައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ މިއަަހަރުގެ ޖޫން މަހުގެ 22 އަށް ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި ، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް