Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 13:11
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލީސް
މުހިންމު ގިނަ ބިލްތަކެއް ހިމެނޭގޮތަށް، މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލްތައް ހާމަކޮށްފި
މި ދައުރުގައި ސަރުކާރުގެ ފަރާތުން ހުށައަޅާނެ 32 ބިލެއް ހުށައަޅާނެ
މި ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު
މި ދައުރު ފެށުނު ފަހުން އަދި އެއްވެސް ބިލެއް ސަރުކާރުގެ ފަރާތުން ހުށައަޅާފައެއް ނުވެ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހުށައަޅާނެ 34 ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަ ކޮށްފިއެވެ.

Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ވައުދުތަކާއި ގުޅުންހުރި ބިލްތަކެވެ. އަދި އެޖެންޑާ 19 ގައި ހިމެނޭ ބިލްތަކެވެ.

މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލްތައް:

  1. އިންކަމް ޓެކްސް ނެގުމުގެ ބިލު
  2. ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
  3. ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  4. ޖަމިއްޔާތަކާ ބެހޭ ބިލް
  5. ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
  6. ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
  7. އާއިލާތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  8. އިންތިގާލީ އަދާލަތުގެ ބިލު
  9. ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
  10. މަދަނީ އިޖުރާއަތުގެ ބިލު
  11. ނަފްސާނީ ދުޅަހެޔޮކަމުގެ ބިލު
  12. ތައުލީމުގެ ބިލު
  13. މަތީ ތައުލީމުގެ ބިލު
  14. ކްލައިމެޓް ރެސިލިއަންސްއާ ބެހޭ ބިލު
  15. ރާއްޖޭހެގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  16. ގޮއިފ ލައްބަތަކާ ވިލުފަޅުތައް އާލާކޮށް ރައްކާތެރިކުރުމުގެ ބިލު
  17. ފޮރެސްޓްރީ ބިލު
  18. ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ގާޏޫނަށް އިސްލާހު ގެނައުމުގެ ބިލު
  19. ބޯހިޔާވަހިކަމުގެ ބިލު
  20. ޓެނަންސީ ބިލު
  21. އެއްމެދު އިމާރާތުގެ ބިލު
  22. ފެނާއި ނަރުދަމާގެ ބިލު
  23. ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އެލަވަންސް ދިނުމާއި ބެހޭ ބިލު
  24. އެމްއެމްއޭގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  25. ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  26. ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލު
  27. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  28. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު
  29. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު
  30. ފޮރިން އިންވެސްޓްމަންޓާއި ބެހޭ ބިލު
  31. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  32. ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު
  33. ދަތުރުފަތުރުގެ ބިލު
  34. ޓޫރިޒަމް ޤާނޫނަށް އިސްލާހްގެނައުމުގެ ބިލު

މަޖިލީހުގެ ތިންވަނަ ދައުރު ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބިލުތަކުގެ އިތުުރުން ދެން އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކަމަށެވެ. މި ދައުރުގައި 34 ބިލެއް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާއިރު ދާދި ފަހުން ދައުރުން ބޭރުގައި ޖަލްސާތައް ބާއްވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

މި ދައުރު ފެށުނު ފަހުން އަދި އެއްވެސް ބިލެއް ސަރުކާރުގެ ފަރާތުން ހުށައަޅާފައެއް ނުވެއެވެ. މި ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް