Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 13:23
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މަހާސިންތާ
ނުރަސްމީ ތައުލީމު މަހާސިންތާ ފަށައިފި
ކޮންމެ އަތޮޅަކުން ތިން ކައުންސިލަރުން ބައިވެރިވޭ
ނޭޝަނަލް ނަންފޯމަލް އެޑިޔުކޭޝަން ޕޮލިސީއެއް އެކުލަވާލާނެ
މިއީ ދެދުވަހަށް ކުރިއަށް ގެންދާ މަހާސިންތާއެއް

ނުރަސްމީ ތައުލީމު މަހާސިންތާ ފަށައިފިއެވެ.

މިމަހާސިންތާ ޝަރުފަރުވެރިކޮށްދެއްވީ ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްތައް ކުރެއްވި މުހައްމަދު މުސްތަފާ ހުސެއިންއެވެ.

Advertisement

މަހާސިންތާއާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ނުރަސްމީ ތައުލީމު އަމާޒު ކުރެވެނީ ބޮޑެތި މީހުންނާއި ސްކޫލަށް އެކި ސަބަބުތަކާ ހުރެ ނުދެވޭ ކުދިން އަދި ކުށްތަކަށް އަރައިގަނެގެން އެކިއެކި ނާޒުކު ހާލަތްތައް މެދުވެރިވެގެން ތައުލީމުން އެކަހެރިވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ނޭޝަނަލް ނަންފޯމަލް އެޑިޔުކޭޝަން ޕޮލިސީއެއް ހެދިފައި ނެތް ކަމަށާއި، މިމަހާސިންތާގެ ތެރެއިން ނަންފޯމަލް އެޑިޔުކޭޝަން ޕޮލިސީއާއެކު ސްޓްޓެޖިކް ޕްލޭން އެކުލަވާލަވާލާނެ ކަމަށެވެ. މިމާހާސިންތާގައި ބައިވެރިވާ އަތޮޅުތެރޭގެ ކައުންސިލް މެމްބަރުންގެ ހިޔާލާއެކު އެއަތޮޅަށް އެންމެ އެކަށީގެންވާ ގޮތަކަށް ނުރަސްމީ ތައުލީމު ކުރިއަށް ގެންދެވޭނެ ގޮތް ބަލައި މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ރާއްޖެއަށް މަންޓި ޕާޓީ ޑިމަކްރަސީ ތައާރަފްވިތާ 10 ވަރަކަށް އަހަރު ފާއިތުވެގެން މިދަނީ. އެކަމަކު އާންމުންނަށް ކޮންބައެއްތޯ ކިޔާދިނީ. ޑިމަކްރަސީއެއްގައި ރައްޔިތުންގެ ހައްގަކީ ކޮބައިތޯ. ރައްޔިތުންގެ ޒިންމާއަކީ ކޮބައިތޯ؟ މިފަދަ ކަންތައްތައް. ސިވިކް އެޑިޔުކޭޝަން ހަގީގަތުގައު ކުރިއަށް ގެންދިއުން.
ޑރ.އަބްދުﷲ ރަޝީދު

ނުރަސްމީ ތައުލީމު ވަރުގަދަ ކޮށްދިނުމަކީ މިސަރުކާރުގެ ސަޔާސަތެއްކަން ފާހަގަކުރައްވައި ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ނުރަސްމީ ތައުލީމަށް އަމާޒުކޮށްގެން އިތުރު މަހާސިންތާތައް ބޭއްވިގެންދާނެ ކަމަށެވެ.

ދެދުވަހަށް ކުރިއަށް ގެންދާ މިމަހާސިންތާގައި ކޮންމެ އަތޮޅަކުން ިތިން ކައުންސިލަރުން ބައިވެރިވެއެވެ.

މިމަހާސިންތާއަކީ ޔުނިސެފް، އެޑިޔުކޭޝަން މިނިސްޓްރީ، ކައުންސިލްތައް އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގުޅިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް