Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 10:19
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެކުރިން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓެއް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެކުރިން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓެއް
މޯލްޑިވްސް ޕޮލިސް ސާރވިސް
ރާއްޖެ - މަސްތުވާތަކެތި
ރާއްޖެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
150 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފައިވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން

ރާއްޖެއާއި، އިންޑިއާ އަދި ސްރީލަންކާގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ. ނަމަވެސް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން މި އޮޕަރޭޝަނާއި ގުޅެގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި މި އޮޕަރޭޝަންގައި 150 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފައިވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަަރަހައްދުންނެވެ.

މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި އެ ބޯޓުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އޭރު އެ ބޯޓު އޮތީ ކެރެލާގެ 500 މޭލު ބޭރުގައިކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

Advertisement

މީޑިއާގައި ބުނެފައިވާގޮތުގައި މި ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުންނާއި، ސިފައިންނެވެ. އަދި އެ ބޯޓުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ކަމަށާއި، އޭގެ ދެ ޕަކެޓް މިހާތަނަށް ފެނިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އޭގެއިތުރުން އެ ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

150 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޯޓު އަތުލައިގަތްއިރު އެ ބޯޓުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

މޭގެކުރިންވެސް ވަނީ ރާއްޖެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބޯޓެއް އަތުލައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް