Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 12:03
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް(ކ) ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް(ކ) ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީން ދެއްކެވި ދީނާއި ޚިލާފު ކަމަށް ބުނާ ވާހަކަތައް ދިފާއު ކުރެއްވުމުގައި ދެ މެމްބަރުން
ރައީސް ޔާމީންގެ ވެރިކަމުގައި ދީނާ ޚިލާފުކަމަށް ބުނާ ވާހަކަފުޅުތަކުގެ އޯޑިއޯ މަޖިލީހުގައި އިއްވި
ވާދަވެރި ފަރާތްތަކުން ފާހަގަ ކުރައްވަނީ ކުރީގެ ވަލިއްޔުލްއަމްރަކު ދައްކަވާފައި ހުރި ލާދިނީ ވާޙަކަތައް
ރައީސް ޔާމީން ދެއްކެވި ވާހަކަތައް ސަމާލުކަމަށް ގެނައި ނަމަ އެވާހަކަ ދައްކާނެ ކަމަށް ވިދާޅުވި

ދީނާއި ޚިލާފު ވާހަކަތައް ރައީސް ޔާމީން ދެއްކެވިކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ މަޖިލީހުގައި އިއްވުމުން ދިފާއުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދިފާއު ކުރައްވައިފިއެވެ.

މޯލްޑިވްސް ޑިމޮކަރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރުމުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ހުށައަޅުއްވާފައެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވުމުގެ ތެރެއިން އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދީނާ ޚިލާފުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކުގެ އޯޑިއޯ މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.

Advertisement

ކުއްލި މައްސަލައަށް އާޒިމް ބަހުސް ކުރައްވަމުން ވިދާޅުވީ އެ މައްސަލައަކީ ތަޅުމަށް ހުށައަޅައިގެން ބަހުސް ކުރެވޭނެ މައްސަލައެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އަދި އެވާހަކަ ނުދެއްކެވީ އެއާ ދެކޮޅަށް ބަހުސް ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދައިފިނަމަ ދީނަށް ފުރައްސާރަ ކުރިކަމަށް ވެދާނެތީ ކަމަށާއި ދައްކާ ވާހަކައަކީ ފުރައްސާރަ ކުރާ ވާހަކަ ކަމަށްވާތީ އަމިއްލަފުޅަށް އެވާހަކަ ދެއްކެވުމުގެ ބަދަލުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއީ ފުރައްސާރަ ކުރުން ނޫންތޯ ކަނޑައަޅައި ދެއްވުމަށް އެދިލައްވާ ކަމަށެވެ.

އެހެން ވިދާޅުވެ އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ވާހަކަތަކުގެ އޯޑިއޯ އިއްވަން ފައްޓަވާފައެވެ.އޯޑިއޯ އިއްވަން ފެއްޓެވުމުން ނިޒާމާ ބެހޭ މައްސަލަ ޝިޔާމް ނެންގެވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އާޒިމް އަޑުއިއްވެވި ޓޭޕް ސާފުވެފައި ނެތްކަމަށެވެ.

އަޅުގަނޑަށް އެފަދަ ކަމެއް ފާހަގައެއް ނުވިއޭ، ނިޒާމީ ނުކުތާއެއްގެ ގޮތުގައި ބަލައެއް ނުގަނެވޭ. ޔައުމިއްޔާއަށްޓަކައި އިއްޒަތްތެރި މެމްބަރު ތިޔަ އިއްވެވި ޓޭޕް އަޅުގަނޑުމެންނަށް ސާފުވެފައި ނުވާތީ އެއީ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރުގެނިޒާމީ ނުކުތާއެއް ވަނުމުން ޔައުމިއްޔާގައި އެވާ އެއްޗެއް ސާފުވެފައި ނުވާތީ އަލުން އަނބުރާ އެ އަޑުއަހާލުމަށް އަޅުގަނޑު އެދެން.
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އާޒިމް ބަހުސް ފެއްޓެވިއެވެ. ނަމަވެސް ޝިޔާމް ވަނީ ނިޒާމާއި ބެހޭ މައްސަލަ ނަންގަވާ އެވާހަކަތަކަކީ ނިޒާމު ގެއްލޭ މަޖިލީހުގެ ގަވައިދު ތަން ނުދޭ މައްސަލައެއް ކަމަށާއި އެފަދަ ގޮތަކަށް ބަހުސް ކުރެވޭނެ ގޮތެއް ގަވައިދުގައި ގޮތަކަށް ނޯންނާނެ ކަމަށެވެ.

އޭގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އެފަދަ ކަމެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ ނިޒާމް ބަލަހައްޓަވަނީ އެމަނިކުފާނު ކަމަށެވެ. އަދި އެއީ ގަވައިދުގެ ކޮން މާއްދާއަކުން ކަމެއް ފާހަގަ ނުކުރެއްވޭތީ އެއީ އެކަމާއި ގުޅޭ އެއްވެސް މާއްދާއެއް ނެތުމުންކަމަށް ވިދާޅުވިއެވެ.

އަނެއްކާވެސް އާޒިމްއަށް ފުރުސަތު ދެއްވުމުން އާޒިމް ވަނީ އޯޑިއޯ އަޑުއިއްވާފައެވެ. "އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިންނެއް ނޫންކަމަށް" ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ އަޑު އިއްވުމަށްފަހު އާޒިމް ވިދާޅުވީ އެމަނިކުފާނު އެގޮތަށް ވިދާޅުވިއިރު އަތް ޖައްސަވަން ތިއްބެވި މެމްބަރުންގެ ތެރެއިން ޝިޔާމާއި ހުސައިން އިންނެވި ކަމަށެވެ. އަދި ހުސައިން އަކީ އިސްލާމް ދީނުގެ ދިފާއުގައި ކޮންމެ ކަމެއް ވީ ނަމަވެސް ނިކުންނަވާ މޭ ދިއްކުރައްވާނެ ކަމަށް ވިދާޅުވި މެމްބަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ ރައީސް ޔާމީން އެގޮތަށް ވިދާޅުވި ޖަލްސާގައި ނީންނަވާ ކަމަށް ވިދާޅުވެ އެއީ އޭނާއާއި ބެހޭގޮތުން އާޒިމް ހެއްދެވި އިތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ.

" ފައިސާ ފޮއްޗެއް ލިބިއްޖެއްޔާ ނުހިފާނީ ކާކުތޯ" ރައީސް ޔާމީން ވިދާޅުވާ ވާހަކަ އަޑުއިއްވުމަށްފަހު އެވާހަކަ "ދީނައްޓަކައި" އޭރު ނުދައްކަންވީ ކީއްވެތޯ އާޒިމް ސުވާލު ކުރެއްވިއެވެ.

މެމްބަރު ހުސައިން ނިޒާމާ ބެހޭ މައްސަލަ ނަންގަވާ ވިދާޅުވީ ރައީސް ޔާމީން ދެއްކެވި ވާހަކަތައް ސަމާލުކަމަށް އޭރު ތިއްބެވި މެމްބަރުން ސަމާލުކަމަށް ގެނައި ނަމަ އެވާހަކަ މަޖިލީސް ތެރޭގައި ދައްކަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އެއް މެމްބަރަކު އަނެއް މެމްބަރަކު ޖަދަލު ކުރުމަކަށް ނޫން. މިތާގައި އެވާހަކަ އެ ދެއްކީ އިސްލާމް ދީނަށް ފުރައްސާރަ ކުރި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކުރި ރިޕޯޓެއްގެ ވާހަކަ. އެދެންނެވި ވާހަކަތަކަކީ އަޅުގަނޑުމެންނަށް އޭރު މިތިއްބެވި މެމްބަރުން ސަމާލުކަމަށް ގެނަައި ނަމަ އެވާހަކަ މިތާތެރޭ ދައްކާނެ. މިހާރު ވެސް މިދަންނަވަނީ އެވާހަކަ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ

ފައިސާގެ ވާހަކަ ދައްކާއިރުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ފައިސާއަށް އެންމެ ބޮޑަށް ޚިޔާނާތްތެރިވި ފަރާތްކަމަށް ޝިޔާމް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އަދީބާއި ގުޅޭ މައްސަލައެއް ކުއްލި މައްސަލައެއްގެ ގޮތުގައި ނުހިނގާ ކަމަށެވެ.

އަދީބުގެ ޚިޔާނާތުގެ ވާހަކަ ނުދެއްކޭނަމަ ރައީސް ޔާމީންގެ ވާހަކަފުޅު ވެސް ނުދެއްކޭނެ ކަމަށް އޭދަފުށީ ދާއިރާ މެމްބަރު ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ނަންގަވާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ފަރާތްތަކުން ފާހަގަ ކުރައްވަނީ ކުރީގެ ވަލިއްޔުލްއަމްރަކު ދައްކަވާފައި ހުރި ލާދިނީ ވާޙަކަތައް ކަމަށެވެ.

އެމްޑީއެންގެ ލާދިނީ ވާހަކަތަށް އެމްޑީއެންގެ ރިޕޯޓުގައިވާ ލާދިނީ ވާހަކަތަކެއް މި ބަހުސްގައި އެބަހިމެނޭ. ދެން ވާދަވެރި ފަރާތްތަކުން މި ފާހަގަ ކުރައްވަނީ ކުރީގެ ވަލިއްޔުލްއަމްރަކު ދައްކަވާފައި ހުރި ލާދިނީ ވާޙަކަތައް. އެއްބަޔަކު އެބަދައްކަވާ ޖަމިއްޔާއަކުން ފާހަގަ ކޮށްފައި ހުރި ވާހަކަތުގެ ތެރޭގައި އެބޭފުޅުން ދެކޭ ގޮތުގައި ލާދީނީ ވާޙަކަތަކެއް ހުރެގެން. އެވާހަކައާއި ވާދަވެރި ވާހަކައެއްގެ ގޮތުގައި އެމްޑީޕީއިން އެބަ ފާހަގަ ކުރޭ ކުރީގެ ވަލިއްޔުލްއަމްރު ދައްކަވާފައި ވާ ވާހަކަތަކެއް. އަދި ސުވާލު އުފައްދަވަނީ އެވާހަކަތައް އެހެން ވަނިކޮށް އެއަށްވުރެ އެހެން ގޮތަކަށް ހުރި ވާހަކަތަކެއް ނުވަތަ އެއާ އެއްގޮތަށް ހުރި ވާޙަކަތަކެއް. ވަކިން ޚާއްސަކޮށް މި މަޖިލީހުގައި މި ދުވަހު އެވާހަކަތައް ފާހަގަ ކުރެވެނީ ކޮން މަގުސަދެއްގައިތޯ.
ރައީސް މުހައްމަދު ނަޝީދު

މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައަޅާފައިވާ ހިނދު، އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ކީރިތި ޤުރްއާންގައިވާ އާޔަތްތަކުގައިވާ ކަންކަމަށް ދެކޮޅު ހަދައި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް