Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 08:37
ގާސިމް އިބްރާހިމް ޖޭޕީގެ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެން
ގާސިމް އިބްރާހިމް ޖޭޕީގެ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެން
ރާއްޖެއެމްވީ
ގާސިމް އިބްރާޙިމް
ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި މެދު ރައީސް ފިޔަވަޅު އަޅުއްވާނެ: ގާސިމް
ރަސޫލާއަށް ހަޖޫޖަހާ ފަރާތްތަކަށް ޖާގައެއް ނެތް

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށްފައިވާތީ، އެފަދަ ކަންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖާގަ ނުދެއްވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުން ސޮއިކުރުމަށް އާދިއްތަ ދުވަހުގެރޭ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، އިސްލާމްދީނާއި ކީރިތި ގުރުއާނާއި ރަސޫލާއަށް ހަޖޫ ޖަހާ ފަރާތްތަކަށް ރާއްޖޭގެ ގާނޫނު އަސާސީން އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

Advertisement

މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، ރާއްޖެއިން އިސްލާމްދީން ފޮހެނުލެވޭނެ ކަމަށާއި، އިސްލާމްދީނަށް ޖޯކު ޖަހާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އެކަން އެއްވެސް ގޮތަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖޭޕީގެ ލީޑަރު ވިދާޅުވީ، ދީނާއީ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ރައީސް އިބްރާހިމް މުހައްމަދު އެފަދަ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

އަޅުގަނޑަށް ކަށަވަރު މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމިއްޔާ އަކަށްވެސް ނުދެއްވާނެ ކަން. އެކަމާއި މެދު އަޅުއްވަންވި ފިޔަވަޅުވެސް އެމަނިކުފާނު (ރައީސް ސޯލިހު) އަޅުއްވާނެކަން.
ގާސިމް އިބްރާހިމް ~ ޖުމްހޫރީ ޕާޓީގެ ލީޑަރު ~

ރައީސް ފިޔަވަޅުނާޅުއްވާނެކަމަށް ހީކޮށް ގައުމުގައި ގައުމުގައި ފަސާދަ އުފައްދަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރައްވަމުން ގާސިމް ވިދާޅުވީ، އެފަދަ ކަމެއް ދިމާވެއްޖެނަމަ ގައުމު އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމަށެވެ.

ދީނާއި ހިލާފުވާ ފަރާތްތަކަށް ރައީސް ސޯލިހު ފިޔަވަޅު އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާއިރު ﷲ އާއި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެން ނުވާ ބަސްތަކެއް އެމްޑީއެންގެ ރިޕޯޓުގައި ގެނުވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް