Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 21:00
އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފިސް - މުހައްމަދު ޝަރުހާން
އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފިސް - މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ އިންޓަރވިއު ކުރުން މާދަމާ
މާދަމާ އިންޓަރވިޔުކުރަން ހަަމަޖެހިފައިވަނީ ރައީސް އިސްކަންދެއްވި ތަރުތީބުން އެންމެ ކުރީގައިވާ ހަތަރު ބޭފުޅުންނާޢި
އިންފޮމޭޝަން ކޮމިޝަނަރެއް ނެތި އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ވަނީ ތިންމަސްދުވަސް ވެފައި
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުން މާދަމާ ބާއްވާ ގޮތަށް އެޖެންޑާކޮށްފިއެވެ.

Advertisement

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މާދަމާ ހެދުނު 9.45 ގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން އެޖެންޑާކޮށްފައިވާ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވާފައިވާ ހަތަރު ބޭފުޅުންނަށް މާދަމާ އިންޓަރވިއު އަށް ހާޟިރުވުމަށް އަންގާފައިވާ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ނުވަ ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި ތަރުތީބުގައި ހިމެނޭ ފުރަތަމަ ހަތަރު ބޭފުޅުންނަކީ:

  • ހުސެއިން ފިޔާޒު މޫސާ
  • އަޙްމަދު ފަޔާޒު
  • އަޙްމަދު އާހިދު ރަޝީދު
  • ފާތިމަތު ސައުޝަން

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް މި ދިޔަ ހަފުތާގައި އެޖެންޑާކުރުމަށްފަހު ވަނީ ، ކޮމިޓީ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައެވެ. މަޖިލީހުން މިހާރު ޢަމަލުކުރަމުން އަންނަ ޤަވާއިދުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ އިންޓަރވިއު ލައިވް ކުރަން ބޭނުންނަމަ، އެފުރުޞަތު މީީޑިއާތަކައް ދޭންޖެެހެއެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ 22 ޖޫން 2019 ގައި ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި ، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިންމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
7 އޮކްޓޯބަރ 2019 | ހޯމަ 06:44
ވައްޑޭ
ތިފެންވަރުގައި މީހަކު އައްޔަން ނުކުރިޔަސް ރަގަޅުވާނެ. ގާނޫނަށް ބަދަލުގެނަސް ތިމަގާމްގެ ހައިބަތު ދައްކުރަންފެނޭ .