Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 17:19
އެމްއެންޑީއެފުން ތެޔޮ ބައުޒަރުތައް ބަލައި ފާސްކުރަނީ
އެމްއެންޑީއެފުން ތެޔޮ ބައުޒަރުތައް ބަލައި ފާސްކުރަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
މާލެ ސިޓީގައި ބޭނުންކުރާ 42 ތެޔޮ ބައުޒަރެއް ބަލާ ފާސްކޮށްފި
30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ވަނީ ކެންސަލްކޮށްފައި

މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ހިންގި ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން 42 ބައުޒަރެއް ބަލާ ފާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ތެޔޮ ބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކޮށްފައިވާ ކަމަށެވެ .

އަދި ޕްރޮގުރާމުގައި ބަލާފަސްކުރި30 ބައުޒަރެއްގެ ސަލާމަތީ ގޮތުން ހުންނަންޖެހޭ މިންގަނޑު ދަށްކަމުން ލައިސަންސް ކެންސަލްކޮށްފައިވާކަމަށާއި، 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ހުއްދަ ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ .

Advertisement

ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމުގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި، ބައުޒަރަށް ބޭނުންވާ އަލިފާންނިވިތައް ނެތުމާއި، ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުން ފަދަ ކަންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އެމްއެންޑީއެފުން މި މަސަތްކަތް ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މާލޭގެ ޓީޖެޓީ ޞަރަޙައްދުގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއާއި ގުޅިގެން ސަލާމަތީ ފިޔަވަަޅު އަޅައި އެފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމުގެ ބޭނުމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް