Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 09:50
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސޯޝަލް މީޑިއާ
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ބިން ދޫކުރަނީ
ބިޑް ވިއްކާނީ 13 ނޮވެންބަރާ ހަމައަށް
ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރުގައި

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ދޫކުރުމަށް ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށާއި، އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުން ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

ކައުންސިލުން ބުނީ މިބިންތަކުގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ 20 އޮކްޓޯބަރު އިން ފެށިގެން 13 ނޮވެންބަރުއާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް ކައުންސިލް އިދާރާއިން ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ ދެހާސް ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ ތިންސަތޭކަ ޔޫއެސް ޑޮލަރު އަށް ކަމަށެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައި ކަމަށެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް