ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 16:57
ސަލްމާން ޚާން
ސަލްމާން ޚާން
އިންޑިއާ.ކޮމް
ސަލްމާން ހާން
ޕަބްލިސިޓީ ހޯދަން ސަލްމާނަށް އިންޒާރު ދިން ދެ މީހަކު ހައްޔަރު ކޮށްފި
އިންޒާރު ދީފައިވަނީ ފޭސްބުކްގައި

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބޮލީވުޑް ސުޕަރސްޓަރ ސަލްމާން ޚާނަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު އިންޒާރު ދިން ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކުރީ ޖެކީ ބިޝޯނީއާއި ޖަގްދީޝް ކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، އެ ދެމީހުންނަކީ ވެހިކަލްތައް ވަގަށް ނަގާ މީހުންގެ އިތުރުން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރާ ބައެއް ކަމަށާއި، ސަލްމާނަށް އިންޒާރު ދިނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށް އޭނާ ބުނި ކަމަށެވެ.

ޖެކީ ޝޫޓަރ ކިޔާ ފޭސްބުކް އައިޑީއަކުން ރަސްގެލާފައި ހުރި ސަލްމާނުގެ ފޮޓޮއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިންޑިއާގެ ޤާނޫނުތަކުން ސަލާމަތް ވެދާނެ ކަމަށް ސަލްމާން ހީކުރީތޯކަމަށް ބުނެ ސުވާލުކޮށްފައެވެ. އަދި ވިޝްނޯއީ ސަމަޖް އާއި ''ސޯޕު ޕާޓީ'' އިން ސަލްމާން މަރަން އިއުލާން ކޮށްފައިވާ ކަމަށްވެސް ލިޔެފައިވެއެވެ. އަދި ސަލްމާނަކީ ސޯޕޫ ކޯޓުގައި ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށާއި، އަންހެނުންނަށް އިހުތިރާމުކޮށް ޖަނަވާރުތައް ހިމާޔަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ސަލްމާނަށް އިންޒާރުދީފައި މިވަނީ ހިމާޔަށް ކޮށްފައިވާ ޖަނަވާރުގެ މައްސަލާގައި ޖޯދްޕޫރު ކޯޓަށް ހާޒިރުވާން އަންގާފައިވަނި ކޮށެވެ.

- ކޮމެންޓް