Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 23:34
ގާލާ ޑީނަރ ގައި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަންނަވަނީ
ގާލާ ޑީނަރ ގައި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަންނަވަނީ
ރައީސް އޮފީސް
ފަސްޓް ލޭޑީ
ކެންސަރ ސޮސައިޓީން ބޭއްވި ގާލާ ޑިނަރގައި ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެންފި
ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއް

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަންޑް ރެއިސިންގ ގާލާ ޑިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ "އެހީތެރިޔާ ވަރުބަލިކަމުން ދުރުވުމަށް މަގެއް" ގެ ނަމުގައި އެކުލަވާލާފައިވާ ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "އައި އޭމް އެގެއިންސްޓް ޕަބްލިކް ސްމޯކިން" ކެންޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި ވެސް ސޮއިކުރައްވާފައެވެ.

Advertisement

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
5 އޮކްޓޯބަރ 2019 | ހޮނިހިރު 15:11
ރަސްމިއްޔާތު
އަރިދަފުސްރޯގާ ސޮސައިޓީކޮބާ؟