ސިނަމާލެ ބްރިޖްމަތީ ހުރި ބަންޕަރުތައް ނެގީ ކުދި ކުދި އެކްސިޑެންޓްތައް ގިނަވާތީ އެކަން މަދުކުރުމަށްޓަކައި ވަގުތީ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ބްރިޖްމަތީ ހުރި ބަންޕަރުތައް ބަހައްޓާފައި ހުރި ގޮތުން ބައެއް ފަހަރު ކުދި ކުދި އެކްސިޑެންޓްތައް ގިނަވާ ކަމަށާއި އެކަން ހައްލުކޮށް މަދުކުރުމަށް ބަންޕަރުތައް ނެގީ ކަމަށެވެ.
އިތުރަށް ބުނީ، ބަންޕަރުތައް ނެގީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފުލުހުން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވި ސިނަމާލޭ ބްރިޖްގައި ބޮޑެތި ގިނަ އެކްސިޑެންޓަކެއް ހިނގާފައިވާއިރު ހެލްމެޓް އަޅައިގެން ބްރިޖް ހުރަސް ކުރަން ޓްރާންސްޕޯޓުން މިއަހަރު ވަނީ މަޖުބޫރުކޮށްފައެވެ.
އޭގެ އިތުރުން މިހާރު ދަނީ ބްރިޖް އަދި ހައިވޭގައި ބަހައްޓާފައި ހުރި ޕްލާސްޓިކް ޑިވައިޑަރުތައް ސިމެންތި ޑިވައިޑަރުތަކަށް ބަދަލުކުރަމުންނެވެ.