Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 19:36
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މުހައްމަދު ޝަރުހާން
އެމްޑީއެން
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެއްވުމެއް ބާއްވަން އުޅޭ ކަމެއް އެނގިފައެއް ނެތް: ފުލުހުން
އެއްވުމެއް ބާއްވަން އުޅޭ ކަމުގެ ރިޕޯޓެއް ނުލިބޭ : ފުލުހުން
އެއްވުމެއް ބާއްވާނަމަ ސުލްވެރިގޮތަކަށް ކަންކަން ކުރުމަށް އެއްވުން ބާއްވާ ފަރާތަށް ފުލުހުން އިލްތިމާސްކުރޭ

ހުކުރު ދުވަހު މާލެ ސިޓީގައި އެއްވުމެއް ބާއްވަން އުޅޭކަމެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ނިޞްބަތްކޮށް ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ދީނީ ޢިލްމުވެރިން އިސްނަގައިގެން އެއްވުމެއް ބާއްވަން އުޅޭ ކަމަށް ޓްވިޓަރގައި ވަނީ އަޑުފެތުރިފައެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، އެފަދަ އެއްވުމެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، އެއްވުމެއް ބާއްވާނަމަ ޞުލްޙަވެރިކަމާއެކު ޤާނޫނާ އެއްގޮތަށް އެއްވުން ކުރިޔަށް ގެންދިޔުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

އެމްޑީއެންގެ ރިޕޯޓާގުޅިގެން ޢާއްމުންގެ ފާޑު ކިޔުންތައް ޢަމާޒުވުމުން އެ ރިޕޯޓް ނެގުމަށް ފަހު އެ ޖަމިއްޔާއިން ވަނީ މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ. އެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި ފުލުހުން ވެސް ވަނީ އެ މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، އެ ޖަމިއްޔާގެ މެންބަރުންނަށް ބިރު ދެއްކި މައްސަލަ އެއްވެސް ފުލުހަށް ވަނީ ހުށައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް