Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:49
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އަޙްމަދު މާހިރު
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އަޙްމަދު މާހިރު
ރައީސް އޮފީސް
އެމްބެސެޑަރ އެޓް ލާޖް
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި
އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހި ދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މައްޗަންގޮޅި ރައުފަތުގެ، އަޙްމަދު މާހިރު ބުރާސްފަތި ދުވަހު ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު މާހިރަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement

އަހްމަދު މާހިރު މި މަޤާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެބޭފުޅާ އަށް މަރުހަބާ ވަނީ ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މާހިރު އަކީ ތަޖުރިބާ ގިނަ ބޭފުޅެއް ކަމަށާއި ބޭރު ޤައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް އޭނާ އަކީ މުހިންމު ދައުރެއް އަދާކުރާނެ ބޭފުޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހި ދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް