މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި އިންޖީނު ނެތި ބަހައްޓާފައިވާ އުޅަނދުތަކެއް ފުލުހުން އުކާލައިފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހު އެ އުޅަނދުތައް އުކާލެވިފައިވާ ކަމަށެވެ. މާލެ ތެރޭގައި އިންޖީނު ނެތި ބަހައްޓާފައިވާ ތަކެތި ކުނީގެ ގޮތުގައި އުކާލެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ނައްތާލާފައިވަނީ ކިހާ އަދަދެއްގެ ވެހިކަލް ތަކެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި އިންޖީނު ނެތި ބަހައްޓާފައިވާ އުޅަނދުތަކެއް ނައްތާލާފައިވާ އިރު އެސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުތައް ޕާކް ކޮށްފައި ހުރެއެވެ.