ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 09:59
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ލަފާދޭ ތަޖުރިބާކާރެއްގެ ގޮތުގައި ދިވެއްސަކު ހަމަޖައްސައިފި
02 އަހަރުދުވަހުގެ މުއްދަތަށް މިހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭނެ
އުޖޫރަ ކަނޑައެޅިފައިނުވާ ފަންނީ މަގާމެއް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ އޮފީހަށާ އަދި ސަރަހައްދީ ޑައިރެކަޓަރަށް ލަފާދޭ ފަންނީ ތަޖްރިބާކާރެއްގެ ގޮތުގައި، ދިވެއްސަކު ހަމަޖައްސަވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ޑަބްލިއޫ.އެޗް.އޯ ގެ މިސަރަހައްދަށް ނިސްބަތްވާ 11 ގައުމުގައި، ގައިންގަޔަށް ނާރާ ބަލިތައްކޮންޓްރޯލް ކުރުމަށް ދޭދޭ ޤައުމުތަކާއި ސަރަހައްދީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ފަންނީ ލަފާދީ މަގުދެއްކުމަށް ކަނޑައެޅުނު "އެން.ސީ.ޑީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު"ގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދަށް ކަމަށެވެ. މިއީ 2 އަހަރުދުވަހުގެ މުއްދަތަށް މިހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭ އުޖޫރަ ކަނޑައެޅިފައިނުވާ ފަންނީ (އޮނޮރަރީ) މަޤާމެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހަސަން މުހައްމަދަކީ، 2000 ވަނަ އަހަރުން ފެށިގެން، ދުންފަތް ކޮންޓްރޯލް ކުރުމާއި، އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، ގައުމީ އަދި ބައިންލައަގްވާމީ ފެންވަރުގައި ތަފާތު ހައިސިއްޔަތުތަކުން އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ޚާއްސަ ގޮތެއްގައި، 2004 ގައި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިންލަ އަގްވާމީ މުއާހަދާގެ ދަށުން ރާއްޖެއިން ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގައާއި، މުއާހަދާގެ ދަށުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ތަފާތު ފަންނީ މަސައްކަތްތަކާއި، ރާއްޖޭގައި 2010 އިން ފެށިގެން ތަންފީޒު ކުރެވޭ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރުމާ މިކަމާގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ލަފާ ދިނުމުގައި ޙަރަކާތްތެރިވާ ފަރާތެކެވެ.

މީގެ އިތުރުން، ބައިނަލް އަގްވާމީ ފެންވަރުގައި ހަސަން މުހައްމަދު ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބައިނަލް އަގްވާމީ މުއާހަދާގެ ފަންނީ ކޮމެޓީތަކުގައި ރާއްޖެ ތަމްސީލުކުރުމާއި، އެމުއާހަދާގެ ބިއުރޯގައި މިސަރަހައްދުގެ ގައުމުތައް ތަމްސީލުކުރުމަށް 2 އަހަރުގެ ދައުރެއްވަނީ ފުރުއްވާފައެވެ. ދުންފަތުގެ ސިނާއަތުން ދުންފަތް ކޮންޓރޯލްކުރުމުގެ މަސައްކަތަށް އަޅާހުރަސްތައް ދެނެގަނެ، އެސިނާއަތުން ދުންފަތުގެ އަވާގައި މީހުންޖެއްސުމަށް ހިންގާ ނޭދެވޭ އަމަލުތަކާއިމެދު ފާރަވެރިވާ ސަރަހައްދީ ކޮންސޯޓިއަމްގެ މެންބަރެއްގެ ގޮތުގައި ދަނީ މިހާރުވެސް ހަރަކާތްތެރިވަމުނެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައިފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބޯރޑް" 2010 ގައި އުފެއްދެވި އިރުންފެށިގެން ހަސަން މުހައްމަދު އަންނަނީ އެ ބޯރޑްގެ މެންމަރުކަމުގެ އިތުރުން އެ ބޯރޑުގެ ތަރުޖަމާނުގެ މަޤާމުވެސް ފުރުއްވަމުންނެވެ.

މީގެ އިތުރުން ގައިން ގަޔައްނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލައިފައިވާ "އެން.ސީ.ޑީ. ހައިލެވެލް ސްޓއަރިންގް ކޮމެޓީ"ގެ މެންބަރެއްގެގޮތުގައި 2016 ވަނަ އަހަރުންފެށިގެން ހަސަން މުޙައްމަދު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެން.ސީ.ޑީ. ޑިވިޜަން އިސްވެ ބަލަހައްޓަވައި އަދި ދުންފަތް ކޮންޓރޯލް ކުރުމުގެ ޕްރޮގްރާމާއި، ހެޕްތު ޕްރޮމޯޝަން ޕްރޮގްރާމްގެ ފަންނީ ފޯކަލް ޕޮއިންޓްގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބައިނަލް އަޤްވަމީ މުއާހަދާގެ ފޯކަލް ޕޮއިޓްގެ މަގާމުވެސް ހަސަން މުޙައްމަދު އަންނަނީ ފުރުއްވަމުނެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކިއެކި އިދާރާތަކުގެ ބައިވެރިވުން ހޯދުމަށާއި، ދުންފަތާއިމެދު މީހުން ހޭލުންތެރިކުރުމުގެ އިތުރުން މިފަދަ ބަލިތައް މަދުކުރުކުރުމުގެ ސިޔާސަތު އެކުލަވާލުމުގައި ސަރުކާރަށް ލަފާދިނުމުގައި ހަސަން މުޙައްމަދު އަންނަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ.

- ކޮމެންޓް