Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 13:02
ދިވެހި ސިފައިންނާ މުހާތަބު ކުރައްވަމުން މާރިޔާ ދީދީ ވާހަކަފުޅު ދައްކަވަނީ
ދިވެހި ސިފައިންނާ މުހާތަބު ކުރައްވަމުން މާރިޔާ ދީދީ ވާހަކަފުޅު ދައްކަވަނީ
މިނިސްޓްރީ އޮފް ޑިފެންސް
މިނިސްޓްރީ އޮފް ޑިފެންސް
އަލިފާނުގެ ބޮޑު ދެ ހާދިސާގައި ސިފައިން ކުރި މަސައްކަތަށް ސާބަސް : މާރިޔާ
މިފަހުން މާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ބޮޑު ދެ ހާދިސާއެއް ހިނގާފައިވޭ
މި ދެ އަލިފާންގަނޑު ވެސް ނިއްވާލީ ސިފައިންނާ ފުލުހުން ގުޅިގެން

ހެންވޭރު އަބަދަށް ފެހި މަގުގެ އިތުރުން މާލޭ ޓީޖެޓީ ސަރަހައްދުގައި މިދިޔަ މަހު ހިނގައިދިޔަ އަލިފާނުގެ ބޮޑު ދެ ހާދިސާގައި ދިވެހި ސިފައިން ދެއްކި ނަމޫނާ އަށާއި އެ ބޭފުޅުން ކުރި މަސައްކަތަށް ސާބަސް ދެއްވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ސިފައިންނަށް ޝުކުރު އަދާ ކޮށްފިއެވެ.

ކަޅުތުއްކަލާކޮށީގައި އަންގާރަ ދުވަހު ބައްދަލުކުރައްވައި މުޚާތަބު ކުރައްވަމުން އެކަމަނާ ވިދާޅުވީ ކުޑަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހާދިސާ ހިނގައިގެން އުޅޭ ތަނަށް ގޮސް ސިފައިން ދެއްކި ހިތްވަރަށާއި ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް ބުނަން ޖެހޭ ކަމަށެވެ.

Advertisement

އެ ހުރި މަދު ވަސީލަތްތަކާ އެކީގައި މި ހަނި މަގުތަކުގައި އެންމެ ހަ މިނަޓްތެރޭގައި ވަޑައިގެން ތިބޭފުޅުން އެ ކުރެއްވި ހިތްވަރަކީ ދުނިޔޭގެ ފެންވަރަށް ބަލައިލިޔަސް ހަމަ އައްސަރިބަހާ ސާބަސް ބުނަންޖެހޭ ވަރުގެ މަސައްކަތެއް
މާރިޔާ ދީދީ

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ސިފައިންނަކީ ރޭނގަޑެއް ދުވާލެއް ބެލުމެއްނެތި ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު އެހީތެރިވުމަށް ތިބޭ ހިތްވަރުގަދަ ބޭފުޅުންތަކެއް ކަމަށާއި ސިފައިންގެ މިންނަތް މަސައްކަތް އެކަމަނާ އަށް ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާތަކުގައި ސިފައިން ދައްކާފައިވާ ފުރިހަމަ މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.

އަންގާރަ ދުވަހު ކަޅުތުއްކަލާކޮށީގައި ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބުދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ހައި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް