ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 06:03
އަޔުޝްމާން ހުރާނާ
އަޔުޝްމާން ހުރާނާ
އިންޑިޔާ ޓުޑޭ
އަޔުޝްމާން ހުރާނާ
އަންނަ އަހަރަކީ އަހަންނަށް ވަރަށް ބިޒީ އަހަރެއް : އަޔުޝްމާން
ސްކްރިޕްޓްތައް ވަރުގަދަވާނެ

ބޮލީވުޑްގެ ފިލްމީ ތަރު އަޔުޝްމާން ކުރާނާ ވަނީ މި އަހަރު މިހާތަނަށް ހިޓް ދެ ފިލްމެއް އާއްމުންގެ ތެރެއަށް ގެނެސްދީފައެވެ.

އެއީ ''އާޓިކަލް 15'' އާއި ޑްރީމް ގާލްއެވެ. މި އަހަރު ތެރޭގައި އޭނާގެ ފިލްމު ''ބާލާ'' ވެސް ނެރެން ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރު ތިން ފިލްމެއް ނެރެން ހަމަޖެހިފައިވާއިރު އަޔުޝްމާން ހުރީ އެކަމާއި ވަރަށް ''އެކްޒައިޓެޑް'' ވެފައެވެ.

އަންނަ އަހަރު އޭނާ ފެނިގެންދާނީ، ޝޫޓިތް ސިރްކާރްގެ ''ގުލާބޯ ސިތާބޯ'' އާއި އާނަންދު އެލް ރާއީގެ ''ޝުބް މަންގަލް ޒާދާ ސާވްދާން'' ގެ އިތުރުން އަދި އެހެން ފިލްމަކުންނެވެ.

އިންޑިއާގެ ނޫހަކަށްދިން އިންޓަވިއުއެއްގައި އަޔުޝްމާން ބުނީ، އަންނަ އަހަރު ވެގެންދާނީ ވަރަށް ބީޒީ އަހަރެއްގެ ގޮތުގައި ކަމަށާއި، އޭނާގެ ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ހުރީ ކެތްމަދު ވެފައި ކަމަށެވެ. އަދި އެ ތިން ފިލްމުގެ ސްކްރިޕްޓަކީވެސް ވަރަށް ވަރުގަދަ ސްކްރިޕްޓްތަކެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

- ކޮމެންޓް