ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އދ އަށް ވަޑައިގެންނެވީ މުހިންމު މެސެޖަކާއެކު ކަމަށް ފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާވިދު ވިދާޅުވީ، ރައީސް ސޯލިހު އދއަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް މުހިންމު މެސެޖެއް ހިއްޕަވައިގެން ކަމަށާއި، އެ މެސެޖަކީ ދުނިޔޭގެ ކަންކަމުގައި އިތުރު އަހައްމިއްޔަތުކަމެއް ދީގެން އެހެން ގައުމުތަކާ ރާއްޖެއިން ރީއެންގޭޖްވުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ބައްޓަންވެފައި އޮތީ އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި، ޑިމޮކްރަސީގެ ރީތި ނިޒާމުތައް ކުރިއެރުވުމުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ބަހުސް ކުރުމަށްކަން ފާހަގަކުރައްވާ ޖާވިދު ވިދާޅުވީ، އދ އަށް ހިއްޕަވައިގެން ވަޑައިގެންނެވި މެސެޖުގައި އެކަންކަމަށް އަލިއަޅުވާލި ކަމަށެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް މުހިންމު މެސެޖެއް ހިއްޕަވައިގެން ރައީސް ސޯލިހު ވަޑައިގެންނެވީ. އެ މެސެޖަކީ ރާއްޖެ އޮތީ ވަރަށް ބޮޑަށް ބަދަލުވެފައޭ، ދުނިޔެވީ ކަންތައްތަކުގައި ރާއްޖެއިން އިތުރު އަހައްމިއްޔަތުކަމެއް ދީގެން އެހެން ގައުމުތަކާ ރީއެންގޭޖް ކުރާނަމޭފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީ އަމީން ޖާވިދު ފައިސަލް
ޖާވިދު ވިދާޅުވީ، ރައީސް ސާލިހު އދ އަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އާންމު ބަހުސް ފައްޓަވާ ދުވަހު ވާހަކަ ދައްކަން ފުރުސަތު މީގެކުރިން ލިބިފައިނުވާ ކަމަށެވެ. އަދި ހަވަނަ ސްޕީކަރ ގޮތުގައި ވާހަކަދައްކަން ލިބުމަކީވެސް ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި، މީގެކުރިން އެހާ ކުރިން ވާހަކަ ދައްކަން ފުރުސަތު ލިބިފައިނުވާ ކަމަށެވެ.
އަދި މިހާކުރިން ރައީސުލްޖުމްހޫރިއްޔާއަށް ވާހަކަދައްކަން ފުރުސަތު ލިބުމަކީ އެހެން ގައުމުތަކަށް ރާއްޖެއިން ދެއްކި ވާހަކަ އަޑު އަހަން ލިބުނު ފުރުސަތެއްގެ ގޮތުގައި ޖާވިދު ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖޭގެ ފަރާތުން ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާއެއް ވަޑައިގެން އާންމު ބަހުސް ފެއްޓެވުމުގެ ފުރަތަމަ ދުވަހު އަޅުގަނޑުމެންނަށް ވާހަކަ ދައްކަން ފުރުސަތު ލިބުނީ. ރައީސް ސޯލިހު ވާހަކަ ދެއްކެވީ ފުރަތަމަ ދުވަހުގެ ހަވަނަ ސްޕީކަރ ގޮތުގައި. މީގެ ކުރިން ތާރީހުގައިވެސް ނެތް އެހާ މަތިން ސްޕީކިންގ ސްލޮޓެއް ދިވެހި ރާއްޖެއަށް ލިބިފައިފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީ އަމީން ޖާވިދު ފައިސަލް
ޖާވިދު ވިދާޅުވީ، ފާއިތުވި ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށާއި، ދެ އަހަރު ތެރޭގައި ކުރެވޭނެ ކަންކަން މިހާރު ވަޒަންކުރެވޭ ކަމަށެވެ.