ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 10:32
ލޯންޗާއި ބައުޒަރުގައި ރޯވި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރި ވަނީ
ލޯންޗާއި ބައުޒަރުގައި ރޯވި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރި ވަނީ
ރާއްޖެ އެމްވީ
އައިޖީއެމްއެޗް
އަލިފާނުގެ ހާދިސާގައި އަނިޔާވި 7 މީހުން އަދިވެސް ތިބީ އެޑްމިޓް ކޮށްފައި
މިހާދިސާ ހިނގާފައިވަނީ މާލޭގެ ޓީ ޖެޓީ ސަރަހައްދުގައި
އަލިފާން ރޯވެފައިވަނީ ލޯންޗަކަށް ބައުޒަރަކުން ތެޔޮ އަޅަމުން ދަނިކޮށް
އެންމެ ބޮޑަށް ފިހިފައިވާ މީހާ ފިހިފައިވަނީ 50 ޕަސެންޓަށް

މާލޭގެ ޓީ-ޖެޓީގައި ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ހަތް މީހުން އަދިވެސް ތިބީ އެޑްމިޓް ކޮށްފައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޑްމިޓްކުރި ހަތް މީހުންގެ ތެރެއިން އެކަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެކަކު އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އައިޖީއެމްއެޗުން ބުނީ އެންމެ ބޮޑަށް ފިހިފައިވާ މީހާ ފިހިފައިވަނީ 50 ޕަސެންޓަށް ކަމަށެވެ. ދެން ތިބި ހަމީހުން މީހުން 25-45 ޕަސެންޓަށް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ޓީ-ޖެޓީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި އޮތް ލޯންޗަކަށް ބައުޒަރަކުން ތެޔޮ އަޅަމުން ދަނިކޮށެވެ. ތެޔޮ އަޅަމުންދިޔަ ހޮޅީގައި ރޯވެ ލޯންޗާއި ބައުޒަރުގައި ރޯވީ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

މިހާދިސާގައި އައިޖީއެމްއެޗަށް ގެންދިޔައީ ނުވަ މީހުންނެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ ފަރުވާ ދިނުމަށްފަހު ހޯމަ ދުވަހު ދޫކޮށްލާފައެވެ.

މިހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ފަހުން އެމްއެންޑީއެފުން ވަނީ ފޯމު ޖަހައިގެން އަލިފާން ކޮށްޓްރޯލް ކޮށްފައެވެ.

- ކޮމެންޓް