ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:53
ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދާނިޝް ނިޡާމް
މެމްބަރު ޝަމީމް
ކަރަންޓު ބިލް ކުޑަކުރަން ޖެހޭނެ، ކުޑަކުރެވޭނެ، ކުޑަކުރާނަން : މެމްބަރު ޝަމީމް
ލަސްކަމަށް ބުނެ ފާޑު ވިދާޅުވާން ވާނީ އެކަށީގެން ވާ ވަގުތު ދިނުމަށް ފަހު
ކަރަންޓު ބިލިގެ އަގު ކުޑަކުރެވޭނީ ތެލަށް ބަރޯސާވާ މިންވަރު ދަށްކޮށްގެން

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށާއި އެގޮތުން އެންމެ ބޮޑަށް ޝަކުވާ ލިބިފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރާނެކަމަށާއި، ކަރަންޓު ބިލް ކުޑަކުރަންޖެހޭނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނާއި ހޯމަ ދުވަހުގެ ރޭ ބައްދަލުކުރައްވައި، އެ ދާއިރާގެ ރައްޔިތުންގެ ހުރި ޝަކުވާތައް މެމްބަރު ހުސައިން އާއި ހިއްސާކޮށްފައިވާއިރު، އެންމެ ބޮޑަށް ރައްޔިތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމާއި، ކަރަންޓް ބިލް އަގު ހެޔޮ ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ތަކާއި ބޭހޭ ގޮތުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ ސަރުކާރުން މަސަތްކަތް ކުރިއަށް ދާ ސްޕީޑާ ގުޅޭ ގޮތުންވެސް ސުވާލު އުފައްދާފައެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ޝަމީމް ވިދާޅުވީ މިހާރު މިއޮތީ ފުލް އެމްޑީޕީގެ ސަރުކާރެއްކަމަށާއި ކަރަންޓުގެ އަގަށް، އެންމެ އެދޭވޭ ހައްލެއް ގެނެވޭނީ ތެލައް ބަރޯސާވާ މިންވަރު މަދުކޮށްގެން ކަމަށެވެ. އަދި އެކަންތައް ކުރުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަޝްވަރާކޮށް ފަސޭހަ ގޮތްތަކެއް ހޯދައި އެކަން ސަރުކާރަށް ދަންނަވާނެކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި ޝަމީމު ވިދާޅުވީ "ކަރަންޓު ބިލް ކުޑަކުރަން ޖެހޭނެ، ކުޑަކުރެވޭނެ، ކުޑަކުރާނަން" ކަމަށެވެ.

ކަރަންޓުގެ އަގު ތިރިކުރުން އެއީ ތެލަށް ބަރޯސާވާ މިންވަރު މަދުކޮށްގެން މެނުވީ އޭގެ އެންމެ އެދެވޭ ހައްލު އަޅުގަނޑުމެންނަށް ރައްޔިތުންނަށް ނުގެނެސްދެވޭނެ . އެހެންވެ އަޅުގަނޑުމެން ކަމާބެހޭ މިނިސްޓްރީތަކާއި ވާހަކަ ދައްކައިގެން އަދި އެނާރޖީ އެތޯރިޓީއާއިވެސް ވާހަކަދައްކައިގެން އެމްޑީޕީ މެދުވެރިވެ، އެމްޑީޕީގެ ޕީޖީ މެދުވެރިވެ ، އެމްޑީޕީގެ ލީޑަރޝިޕް މެދުވެރިކޮށް އަޅުގަނޑުމެން އެކަމަށް މާލޭގެ ރައްޔިތުންނަށްވެސް އަޅުގަނޑުމެން ރަށްރަށަށް ސޯލަރ ކަރަންޓު އޭގެ ރޭޓް ދައްކުރުމުގެ ގޮތުން ބޭނުންކުރާގޮތަށް ހަމަ މާލޭގައިވެސް އަގުހެޔޮކުރާގޮތަށް ސޯލަރ ބޭނުންކުރުން އަޅުގަނޑުމެން ސަރުކާރަށް ބާރުއަޅައި ސަރުކާރުގައި ދަންނަވާނަން.
މެމްބަރު ހުސައިން ޝަމީމް

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، ކޮންމެ ދާއިރާއެއް ތަމްސީލުކުރައްވާ މެމްބަރުން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލާއި ދިމާވާ ދަތިތައް އޮޅުން ފިއްލުވުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ އެއް ސިޔާސަތަކަށް ވާއިރު، އެއީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެއްކަމަށް ޝަމީމު ވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ދައުރު ނިމި، ދުވަސްތަކެއް ވެފައިވާއިރު މިހާތަނަށް ދާއިރާގެ ރައްޔިތުންނާއި ބައްދަލުނުކުރެވި ލަސްވެގެން ދިޔައީ މަޖިލީހުގެ ޗުއްޓީ ދުވަސްތަކުގައިވެސް 241 ކޮމެޓީީގެ ގިނަ މަސަތްކަތްތަކެއް ހުރުމުން ކަމަށް ޝަމީމު ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަމީމު ވިދާޅުވީ ތަރައްގީ ޕްރޮޖެކްޓެއް ހިންގާއިރު ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭ ކަމަށާއި އެކަން ނުހިންގާކަމަށް ކަންބޮޑުވެގެން އުޅޭކަަށް ނުޖެހޭކަމަށެވެ. އަދި ރަނގަޅު ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ވަގުތު ދޭންޖެހޭކަމަށާއި ސަރުކާރުން މަޝްރޫއުތައް ހިންގުން ލަސްކަމަށް އެއްޗެއް ދަންނަވަން ވާނީ ސަރުކާރަށް އަހަރެއް ހާ ދުވަސް ދިނުމަށް ފަހުގައި ކަމަށް މެމްބަރު ޝަމީމު ވިދާޅުވިއެވެ.

މެމްބަރު ހުސައިން ޝަމީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައ، އެމްޑީޕީ ގުޅިގެން މަސައްކަތްކޮށް އެކަންތައް ވީހާވެސް އަބަހަށް ހައްލުކޮށްދެއްވާނެކަމަށެވެ. އެގޮތުން ބޯހިޔާވެހިކަމުގެ ވައުދަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ މައިގަނޑު އެއްވައުދުކަމަށާއި، އެ ވައުދުވެސް ރައްޔިތުންނަށް ކައިރި މުސްތަގްބަލެއްގައި ފުއްދާނެކަމަށް ހުސައިން ވިދާޅުވިއެވެ.

- ކޮމެންޓް
1 އޮކްޓޯބަރ 2019 | އަންގާރަ 09:35
ގަނޑިޔަ 00150
އެޕުން ދައްކާތީ ވީކުޑައެއްވީ! އާ ސިލިޕް ކޮޅު ކުޑަ! ދައްޖެހޭ ލާރި ކުޑައެއްނުވޭ!