ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:41
ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެން
ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެން
ރާއްޖެ އެމްވީ
އެފްއެސްއެމް
އެފްއެސްއެމް އިން ޓީޖެޓީ ސަރަހައްދުގައި ދެމުން އައި ހިދުމަތް ހުޅުމާލެއަށް
ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ 03:40 ހާއިރު
އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 05:09 ހާއިރު
މި ހާދިސާގައި އެފްއެސްއެމް ގެ 4 ތެޔޮ ބައުޒަރުގައި ވަނީ ރޯވެފަ

ހޯމަ ދުވަހު ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން, އެފްއެސްއެމް ބައުޒަރުތައް މެދުވެރިކޮށް ޓީޖެޓީ އިން ދެމުންދިޔަ ހިދުމަތް ވަގުތީގޮތުން ހުޅުމާލެއަށް ބަދަލު ކޮށްފިއެވެ.

އެފްއެސްއެމް އިން ބުނެފައި ވަނީ އިއްޔަ ހިނގައި ދިޔަ އަލިފާނުގެ ހާސިދާއާ ގުޅިގެން އެ ކުންފުނިން މާލޭ ޓީ-ޖެޓީ ސަރަހައްދުގައި ދެމުންދިޔަ ހިދުމަތް ލިބެމުން ދާނީ އެފްއެސްއެމްއިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަން އިން ކަމުގައެވެ. މި ހާދިސާގައި އެފްއެސްއެމްގެ ބައުޒަރެއް އަނދާފައި ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް 03:40 ހާއިރު ލިބިފައިވާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 05:09 ހާއިރުއެވެ.

މި ހާދިސާގައި ޖުމްލަ ހަތް މީހަކު ވަނީ ފިހިފައެވެ. ދެ މީހަކު ދޫކޮށްލާފައި ވާއިރު ފަސް މީހުންނަށް ދަނީ އަދިވެސް އައިޖީއެމްއެޗް ގައި ފަރުވާދެމުންނެވެ.

- ކޮމެންޓް