Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 19:36
ފެމިލީ ކޯޓު: މިހާރު ވަރި ކައިވެނީގެ ހުރިހާ ކަމެއްކުރަނީ މި ކޯޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުން
ފެމިލީ ކޯޓު: މިހާރު ވަރި ކައިވެނީގެ ހުރިހާ ކަމެއްކުރަނީ މި ކޯޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުން
މިހާރު
ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް
ކޯޓުތަކުން ކައިވެނިކޮށްދިނުމުގެ ބަދަލުގައި، އެކަމަށް ހާއްސަ އޮފީހެއް އުފައްދަން ހުށައަޅައިފި
މިއީ ސަރުކާރުގެ ފަރާތުން އޭޖީ އޮފީހުން ހުށައެޅި ހުށައެޅުމެއް
ދަރިންނަށާއި އިއްދައިގެ ހަރަދު ބޮޑުކުރުމަށް ހުށައަޅާފައިވޭ
މިކަންކަން ހުށައަޅާފައިވަނީ މިހާރު ކުރިއަށްދާ ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް ގައި

ކޯޓުތަކުން ކައިވެނިކުރުމުގެ ބަދަލުގައި، އެކަމަށްޓަކައި "ކައިވެނީގެ ރަޖިސްޓްރަރގެ އޮފީސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފެއްދުމަށް ހުށައަޅައިފިއެވެ.

މިހާރު ކުރިޔަށްދާ "ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް"އަށް މި ހުށައެޅުން ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. މި އޮފީސް ހިމެނޭނީ ސަރުކާރުގެ ވުޒާރާއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައެވެ. އަދި މި އޮފީސް މެދުވެރިކޮށް ޝަރުއީ މައުޛޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޛޫނުންްގެ ރަޖިސްޓްރީއެއް ބެލެހެއްޓޭނެއެވެ. އަދި މި އޮފީސް ހިންގަނީ ކައުންސިލްތަކުގެ ބައިވެރިވުމާ އެކުގައި ކަމަށްވުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައިވެސް ކައިވެނި ކުރުމުގެ ހުއްދަ ހިދުމަތް ފަސޭހައިން ލިބިގެންދާނެއެވެ. މިއީ އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހުށައަޅާފައިވާ ހުށައެޅުމެކެވެ.

އޭގެ އިތުރުން ސަރުކާރުން ހުށައެޅުން ކަންތައްތަކުގެ ތެރޭގައި އަނބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކުރުމަށްވެސް ހުށައަޅާފައިވެއެވެ. އެޓަރނީ ޖެނެރަލް އޮފީސް މެދުވެރިކޮށް ސަރުކާރުން ހުށައެޅި މިހުށައެޅުމާއެކު ޝަރީއަތުން ނަގައިދެވޭ ހަރަދުގެ އެންމެ މަދު މިންވަރާއި އެންމެ ބޮޑު މިންވަރު ކަނޑައެޅޭނެއެވެ. އަދި ހަރަދު ލެއްވުމާއި ހަރަދު ތަންފީޒުކުރުމުގެ އިޖުރާއަތްތައް ހަރުދަނާ ކުރުމަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށައަޅާފައިވެއެވެ.

Advertisement

މި ސިމްޕޯޒިޔަމްގައި ސަރުކާރުން ހުށައެޅި މުހިންމު އަނެއް ކަމަކީ، ވަރި، ހަޟާނާތު، ހަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޮމާއެކު ހުށައެޅި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމުގައި ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުން ހަމަޖެއްސުން ހިމެނެއެވެ. މިއީ ވަކި މައްސަލަތަކެއްގެ ގޮތުގައި މިޒާތުގެ މައްސަލަތައް ކުރިޔަށް ގެންދިއުމުން ހަރަދު ހަމަޖައްސައިދިނުމުގެ މައްސަލަތައް ދިގުލައިދިއުން ހައްލުކުރުމުގެ ގޮތުން ހުށައެޅި ހުށައެޅުމެކެވެ. މިކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަފަދަ ހާލަތްތައް މެދުވެރިވާކަމަށް އޭޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކުދިން ހިމެނޭ ހަޟާނާތުގެ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ކޯޓުން ނިޔާ ކަނޑައެޅުމަށް ސަރުކާރުން ހުށައަޅާފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ސިމްޕޯޒިޔަމްގައި ރާއްޖޭގެ ޝަރުއީ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާއިރު، މި ސިމްޕޯޒިޔަމް ފައްޓަވައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ. މި ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ ޖުޑީޝަލް އެކެޑަމީ، ޔުނިސެފް މޯލްޑިވްސް، ފެމިލީ ކޯޓް އަދި ފެމިލީ ލީގަލް ކްލިނިކް ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް