Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 12:31
ނައިބު ރައީސް ރ. ކިނޮޅަސް ކައުންސިލާއި ބައްދަލުކުރެއްވުން
ނައިބު ރައީސް ރ. ކިނޮޅަސް ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް
ނައިބު ރައީސް ރ. ކިނޮޅަހު ކައުންސިލާ ބައްދަލުކުރައްވައިފި
އެ ރަށު ކައުންސިލުން ވަނީ ހުރި ކަންބޮޑުވުންތައް ރައްޔިތުންނާއި ހިއްސާ ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލަރުންނާ ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކިނޮޅަހު ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކިނޮޅަހުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ "އިބްނު ބަތޫތާ މަންޒިލް" ގެ ނަމުގައި ކުޑަކުދީންނަށް ޚާއްޞަ ޕާކެއް ހެދުމުގެ މަޝްރޫޢާއި، ރަށުގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރެއްވިއެވެ.

Advertisement

ކިނޮޅަހަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ހުއްޓިފައިވާ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް