Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 09:38
އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތައް ރައީސް ބައްލަވާލައްވަނީ
އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތައް ރައީސް ބައްލަވާލައްވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ރާއްޖެވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހް އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް!
އެސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވާލެއްވި

އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހު ހެނދުނު މާލެ ވަޑައިގެން ފުރަތަމަ ޒިޔާރަތްކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަޖައްދަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތަކީ މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މިހާދިސާގައި އެކަކު ނިޔާވެފައިވާއިރު 400 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި ކަމެއްތޯ ނުވަތަ ނޫންތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
30 ސެޕްޓެންބަރ 2019 | ހޯމަ 11:11
ޝައިޝައި
ގައުމަށް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ކިޔަން. މިދަނޑިވަޅުގައި ހަދާންކޮއްދޭން ބޭނުނަވަނީ ކުރީ ސަރުކާރުން މަޖްލިސް ގެ ރައީސް މަސީހު މަޖްލިސް ގާނޫން އަސާސީއާއި ހިލާފަށް ހިންގި ކަންކަން އަވަހަށް ބަލާ ފިޔަވަޅު އަޅާދިނުން.